ހަބަރު

ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ: ނައިބު

Oct 16, 2015
1

ރާއްޖެ އާއި ޗައިނާއާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރައްވާނެ ކަމަށާއި ހާއްސަކޮށް ޓޫރިޒަމާއި މަސްވެރިކަމުގެ ދާއިރާ އިން ޗައިނާއާ ގުޅުން ބަދަހިކުރަން ރާއްޖެ ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޗައިނާ ސިލްކް ރޫޓް ނިންމުމުގެ ރަސްމިއްޔާތަށާއި އިންވެސްޓްމެންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތަށް ޗައިނާ އަށް ވަޑައިގެންނެވި ނައިބު ރައީސް އަދީބު ވަނީ ޗައިނާގެ ނައިބު ރައީސް ލީ ޔުއާންކާއޯއާ ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަު ކުުރެއްވުމުގައި ކުރެއްވި މަޝްވަރާތަކުގައި ދެގައުމުގެ މެދުފައި ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އިތުރުން ޗައިނާ އިން ހިންގާ "ބެލްޓް އެންޑް ރޯޑް" މަޝްރޫއުގައި ބައިވެރިވާން ރާއްޖެ ޝައުގުވެރިވާ ކަމަށް ވެސް ނައިބު ރައީސް އަދީބު ވިދާޅުވި އެވެ.