ހަބަރު

ޒާހިދަށް މަރުގެ އިންޒާރުދިން މައްސަލަ ޕީީޕީއެމުން ފުލުހަށް

Oct 16, 2015
1

ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒް ސޯޝަލް މީޑީއާގައި ފާޅު ކުރި ޝުއޫރުތަކަކާ ގުޅިގެން ކާކުކަން ނޭނގޭ ފަރާތަކުން އޭނާ އާއި އޭނާގެ އާއިލާގެ މެންބަރަކަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ބުނެ އެ މައްސަލަ ޕީޕީއެމުން ފުލުހަށް ހުށަހަޅައިފި އެވެ.

ޕީޕީއެމުން ބުނީ އެ ޕާޓީގެ ކައުންސިލް މެމްބަރަށް ދިން އިންޒާރު ކުށްވެރި ކުރާ ކަމަށާއި އިންޒާރު ދީފައި ވަނީ ޒާހިދުގެ އާއިލާގެ މެންބަރެއްގެ ފޯނަށް ފޮނުވި މެސެޖްތަކެއްމެދުވެރިކޮށް ކަމަށެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިންނަކީ އެކަކު އަނެކު ދެކެ ފަރިތަ ދަންނަ ބަޔަކަށްވުމާއެކު ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަ ކަމަށް އަސަރުފޯރާފަދަ އަމަލުތައް ނުކުރަން އިލްތިމާސް ކުރާ ކަމަށާއި ހިތްހަމަ ނުޖެހުމެއް އުފެދޭ ކޮންމެ ފަހަރަކު މާރާމާރީއާހަމައަށް ގޮސް ހަމަނުޖެހުން އުފެދޭ ޒާތުގެ ކަންކަން ކުރުމަކީ ޕީޕީއެމުން ތާއީދު ކުރާ ކަމެއް ނޫން ކަމަށެވެ.

"ބައެއް ނޫސްތަކުން މި ހަބަރު ކަވަރު ކުރި އިރު އެކަމަށް ތުހުމަތުކޮށްފައިވާ މީހަކީ މި ޕާޓީގެ މެންބަރެއް ކަމަށް ލިޔެފައިވެއެވެ. ނަމަވެސް ތުހުމަތު ކުރެވޭ އަހުމަދު އަޝްރަފު (ޝުމްބާ ގޮންގް)އަކީ މި ޕާޓީގެ މެންބަރެއް ނޫނެވެ... ޒާހިދު ރަމީޒާއި އާއިލާގެ ބޭފުޅަކަށް މަރުގެ އިންޒާރުދީ ފޮނުވާފައިވާ އެސްއެމްއެސްގެ މައްސަލަ ވަނީ ފުލުހަށް ހުށހަޅާފައެވެ. މި މައްސަލަ ބަލައި ފިޔަަޅު އަޅަން މި ޕާޓީން އިން ކަމާބެހ ފަރާތްކަށް ގޮވާލަމެވެ،" ޕީޕީއެމުން ނެރުނު ބަޔާނުގައި ވެއެވެ.