ހަބަރު

އިންޑިއާގައި ސީޕްލޭން ފަށައިދޭން މޯލްޑިވިއަންގެ ކްރޫ ފުރައިފި

Oct 25, 2020

އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފަށައިދޭން، ރާއްޖޭގެ ހާއްސަ ޓީމެއް މިއަދު ފުރައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ އިންޑިއާގެ ފުރަތަމަ ސީޕްލޭން ޕްރޮޖެކްޓް މި މަހުގެ 31 ގައި ފަށާނެ އެވެ. ދުވާލަކު އަށް ދަތުރު ކުރާނެ ކަމަށާއި އޮޕަރޭޓް ކުރާނީ ސްޕައިސް ޖެޓް އެއާލައިނުން ކަމަށް ބުންޏެވެ. މި ފްލައިޓުތަކަށް މީހަކަށް ޗާޖު ކުރާނީި 4800 ރުޕީސް ކަމަށްވެސް ޓްވީޓުގައި ބުނެ އެވެ.

އިންޑިއާގެ އަހުމަދުއާބާދުގެ ސަބަރުމަތީ ވޯޓާ ފްރަންޓާއި ކެވަޑިއާގެ ސްޓެޗޫ އޮފް ޔުނިޓީއާ ދެމެދު ކުރާ މި ދަތުރުތައް ފައްޓަވައިދެއްވާނީ އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެވެ.

މި ރަސްމިއްޔާތަށް، މޯލްޑިވިއަން އިން ވަނީ ފްލައިޓެއް ޗާޓަރުކޮށްފަ އެވެ. މި ފްލައިޓުގައި ރާއްޖޭގެ ކްރޫ މިއަދު ވަނީ ފުރާފަ އެވެ.

ރާއްޖޭގެ ޓީމެއް އިންޑިއާގެ ރަސްމިއްޔާތަށް ގެންދަނީ 'އެކްސްޕާޓުން' ގެންދިޔުމަށް ކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.