މޯލްޑިވިއަން

މޯލްޑިވިއަންގެ ދަތުރުތައް ބެންގަލޫރަށް ފަށައިފި

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.

މޯލްޑިވިއަން އިން ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މިއަދު އެވެ.

އެ އެއާލައިނުން ބުނީ ހަފުތާއަކު ދެ ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ދަތުރުތައް ކުރާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.

ދަތުރުތައް ހަފުތާ ބަންދަށް ޝެޑިއުލްކުރީ ޗުއްޓީ އާއި ވިޔަފާރި ދަތުރުތަކުގައި ބެންގަލޫރަށް ދަތުރުކުރާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން ކަމަށްވެސް މޯލްޑިވިއަން އިން ބުނެ އެވެ.

އެ އެއާލައިނުން އަންނަނީ އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށް ދަތުރުކުރަމުންނެވެ.

މޯލްޑިވިއަން އިން އިންޑިއާގެ އިތުރު މަންޒިލަކަށް ދަތުރުތައް ފަށާފައިވާއިރު އެ ގައުމަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ.