ހަބަރު

ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފޮނުވައިފި

Oct 26, 2020

ސިޔާސީ ޕާޓީތަކާއެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާ އިސްލާހުތައް ބަންޑާރަ ނައިބުގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާޙު ތަކުގެ ފައިނަލް ޑްރާފްޓް މިއަދު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެ ޑްރާފްޓުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތީން ގިނަ އިސްލާހުތަކެއް ހިމެނިފައިވާނެކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައުމަށް މައިގަނޑު ގޮތެއްގައި ހުށަހަޅާ އިސްލާހްތަކުގެ ތެރޭގައި ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރުމުގެ ބާރާއި، ސިޔާސީ ޕާޓީތަކުގެ މައި ދަފްތަރަކީ އީސީ އިން ބަލަހައްޓާ ދަފްތަރަކަށް ހެދުން ހިމެނެ އެވެ.

އަދި ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕް 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުުރުން ވެސް ހިމެނެއެވެ.