ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އުނގޫފާރު

އުނގޫފާރަށް އަރާ ފޭބުން މަނާކޮށްފި

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން ރ. އުނގޫރާފަރަށް އަރާ ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާ ކޮށްފި އެވެ.

އުނގޫފާރު އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސްފައިވަނީ އެ ރަށުން ނެގި ރެންޑަމް ސާމްޕަލް ތަކުގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ ރަށުން ރެންޑަމް ސާމްޕަލް ނަގާފައިވަނީ އެ ރަށާއި ކައިރި އޮތް ފަޅު ރަށެއްގައި ތިބި ގިނަ އަދަދެއްގެ ބިދޭސީން ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ޕޮޒިޓިވްވެފައިވަނީ އުނގޫފާރު ކެފޭއެއްގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ.

އެ ކޭސްއާއި ގުޅިގެން އެޗްޕީއޭއިން ވަނީ އުނގޫރާފަށް އަރާ ފޭބުން މަނާކޮށްފައެވެ. އަދި އެކަން އެ ރަށު ކަައުންސިލަށް މިހާރު ވަނީ އަންގާފައެވެ.

ރާއްޖެއިން މިހާތަނަށް 11,505 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަތޮޅުތަކުން 22 ރަށެއްގައި 45 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 24 ރިސޯޓެއްގައި 26 ފަތުރުވެރިންނާއި 82 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ. މިވަގުތު މާލެ ސިޓީގެ އިތުރުން މޮނިޓަރިންގައި އޮތީ ކުޅުދުއްފުށްޓެވެ.