ބޮލީވުޑް

"ކުޗް ކުޗް ހޯތާ ހޭ"ގެ ސަރްދާރްޖީ ކައިވެނި ކުރަނީ

ކަރަން ޖޯހަރްގެ މަޝްހޫރު ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އަކީ ވަރަށް ގިނަ ބައެއްގެ ފޭވަރިޓް ފިލްމެކެވެ.

ފިލްމުގެ ހުރިހާ ކެރެކްޓާ އެއް ވެސް އެހާ މޮޅުވެފައި މަޖަލެވެ. ޚާއްސަކޮށް ކުޑަ ސަރްދާރްޖީގެ ރޯލު އަދާކުރި ފިރިހެންކުއްޖާ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދި އެވެ.

ބޮލުގައި ފަގުޑިއަޅާފައި ހުންނަ ސަރްދާރްޖީގެ ރޯލު ކުޅެފައި ވަނީ ޕަރްޒާން ދަސްތޫރެވެ. އެ ފިލްމުގައި ޕަރްޒާން އަކީ ކުޑަކުޑަ ކުއްޖެއް ނަމަވެސް މިހާރު ޕަރްޒާން އަކީ ޒުވާނެކެވެ. އަދި 2021 ގެ ފެބްރުއަރީ މަހު ކައިވެނި ކުރަން އޭނާ ދަނީ ތައްޔާރުވަމުންނެވެ.

ލޯބިވެރިޔާ ޑެލްނާ ޝްރޮފް އާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން ޕަރްޒާން ވަނީ ކައިވެނީގެ ކައުންޓްޑައުން ފަށާފަ އެވެ.

"ކުޗް ކުޗް ހޯތާ ހޭ"ގެ އިތުރުން ބައެއް ހިންދީ ފިލްމުތަކުގައި ވެސް ކުޑަ ކުއްޖެއްގެ ރޯލު ޕަރްޒާން ކުޅެފައި ވެއެވެ. އަދި ސައިފް އަލީ ޚާންގެ ކާޓޫނު ކެރެކްޓާ "ހަމް" އަށް ވެސް އަޑުއަޅާފައި ވަނީ ވަނީ ޕަރްޒާން އެވެ.