ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯ ޕޮޒިޓިވް، މެސީއާ ދެކޮޅަށް ނުކުޅެވޭނެ

ޔުވެންޓަސްގެ ފޯވަޑް ކުރިސްޓިއާނޯ ރޮނާލްޑޯ އަދިވެސް، ކޮވިޑް-19 އިން ފަސޭހަ ނުވާތީ، ޗެމްޕިއަންސް ލީގްގައި މިރޭ ބާސެލޯނާ އާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެކަން ޔަގީން ވެއްޖެ އެވެ.

ރޮނާލްޑޯގެ ސާމްޕަލް އިއްޔަ ވަނީ ނަގާފަ އެވެ. ސާމްޕަލުން ދެއްކީ އަދިވެސް އޭނާގެ ހަށގަނޑުގައި ޕޮޒިޓިވް ހުރި ކަމަށެވެ.

ރޮނާލްޑޮ ކޮވިޑަށް ޕޮޒިޓިވް ވީ މި މަހުގެ 13 ވަނަ ދުވަހު ޕޯޗްގަލްގެ ގައުމީ ޓީމާއެކު ހޭދަ ކުރަނިކޮށެވެ. އޭގެ ފަހުން އޭނާ ވަނީ ކަރަންޓީން ވުމަށް އިޓާލީއަށް އައިސްފަ އެވެ. ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރުވެސް ރޮނާލްޑޯ އިޓާލީއަށް ދަތުރު ކުރުމުން އިޓަލީގެ ސްޕޯޓްސް މިނިސްޓަރު ވަނީ އެ މައްސަލަ ފާހަގަ ކޮށްފަ އެވެ.

ޔޫއެފާގެ ޕްރޮޓޮކޯލްގައި ބުނެފައި ވަނީ އެ އެ އިދާރާއިން މުބާރާތުގައި ކުޅެވޭނީ ޓެސްޓް ނެގެޓިވް ވާތީ ހަފުތާއެއް ފަހުން ކަމަށެވެ.