ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ވިޔަފާރި ބަނދަރުން ހަފުތާއެއްގެ ތެރޭ 1،894 ކޮންޓެެއިނާ ހޭންޑްލްކޮށްފި

Oct 28, 2020
1

މާލެ ވިޔަފާރި ބަނދަރުން މިދިޔަ ހަފުތާ 1،894 ކޮންޓެއިނާ ހޭންޑްލްކޮށްފި އެވެ.

މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އާއްމުކުރި ހަފުތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 17 އިން މި މަހުގެ 22 ގެ ނިޔަލަށް މާލެ އަށް ބަނދަރު ކުރި ފަސް ބޯޓަކުން 1،894 ކޮންޓެެއިނާ ވަނީ ލޯޑިން އަން ލޯޑިންގެ ގޮތުގައި ހޭންޑްލްކޮށްފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޕެރިސަބަލްސްގެ ގޮތުގައި ރާއްޖެ އައި ހަ ބޯޓަކުން މި މުއްދަތުގައި 12،541 ޕެކޭޖު ރާއްޖެ ގެނެސްފައިވެ އެވެ. ޕެރިސަބަލްގެ ގޮތުގައި ރާއްޖެ އަށް ގެންނަނީ ފިޔާ އަލުވި އަދި ބިހުގެ އިތުރުން ތަރުކާރީ އާއި މޭވާ ފަދަ ބާވަތް ތަކެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިމްޕޯޓު ވަނީ ދަށްވެފަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިިދިއަ ސެޕްޓެމްބަރު މަހު ރާއްޖެ އަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފު އަގު ކުރީ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 50 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ އަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައި ވާއިރު، މި އަހަރުގެ ސެޕްޓެމްބަރ މަހު އެ އަދަދު 1.9 ބިލިއަން ރުފިޔާ އަށް ދަށްވެފައި ކަމަށެވެ.