ޓޫރިޒަމް

ރާއްޖޭގެ ޓޫރިޒަމް އަންނަ އަހަރު ރަނގަޅުވާނެ: ފޯބްސް

Oct 28, 2020

ރާއްޖޭގެ ޓޫރިޒަމް އަންނަ އަހަރު ރަނގަޅުވެ ދުނިޔޭގައި މަގުބޫލުކަން ބޮޑު ތަނުން އިތުރުވާނެ ކަމަށް ކަމަށް މަޝްހޫރު ވިޔަފާރި މަޖައްލާ "ފޯބްސް" އިން ބުނެފި އެވެ.

އަންނަ 2021 ގައި ދަތުރު ކުރުމަށް އެންމެ ރަނގަޅު 20 މަޒިލެއް ފާޖަގަކޮށް އެ މަޖައްލާއިން ލިސްޓާ ހެދި އިރު ރާއްޖެ ވަނީ މި ލިސްޓުގެ 14 ވަނައިގައި ހިމަނާފަ އެވެ. އެ ލިސްޓަށް ގައުމުތައް ހޮވީ އެ ދާއިރާގެ އެކްސްޕާޓެއް ކަމަށްވާ ޖޫލީ ޑެންޒިގާ އެވެ.

އޭނާއާ ހަވާލާދީ ބުނެފައި ވަނީ އަންނަ އަހަރު ރާއްޖެއަށް ގިނަ ބަޔަކު އަންނާނެ ކަމަށް ލަފާކުރެވެނީ ރާއްޖެ އިން އެމެރިކާއާ އެކު މަޝްވަރާ ކޮށްފައިވާ ކަންކަމުގެ އިތުރުން ރާއްޖޭގައި ހުޅުވާ އާ ހޮޓާތަކުގެ ސަބަބުން ކަމަށެވެ.

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާފައި ވަނީ މިދިއަ ޖުލައި މަހުގެ ތެރޭގަ އެވެ. ރާއްޖޭގެ ޓޫރިޒަް މިހާރު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.