ހަބަރު

ޓްރެވިންޑްރަމަށް މޯލްޑިވިއަންދާ ދުވަސްތައް ބަދަލުކޮށްފި

Oct 29, 2020

މޯލްޑިވިއަނުން އިންޑިއާގެ ޓްރެވިންޑްރަމަށް ދަތުކުރާ ދުވަސްތަކަށް ބަދަލު ގެނެސްފި އެވެ.

މީގެ ކުރިން މޯލްޑިވިއަނުން ޓްރެވިންޑްރަމް އަށް ދަތުރުކުރީ ކޮންމެ ހޮނިހިރު އަދި ހޯމަ ދުވަހެއްގަ އެވެ. އެހެން ނަމަވެސް މއަދުން ފެށިގެން ޓްރެވިންޑަރަމަށް ދަތުރު ކުރާނީ ކޮންމެ ހޯމަ އަދި ބުރާސަފަތި ދުވަހެއްގަ އެވެ.

މޯލްޑިވިއަނުން ޓްރެވިންޑްރަމް އަށް ދަތުރުތައް ބާއްވާ ދުވަހަށް ބަދަލު އައިނަމަވެސް ކުރިއެކޭވެސް އެއްގޮތަށް ދެކޮޅު ޓިކެޓުގެ އަގަކީ 325 ޑޮލަރެވެ.

ކޮވިޑް-19 އާއި ގުޅިގެން ބޯޑަރުތައް ބަންދު ކުރުމަށްފަހު އަލުން ބޯޑަރު ހުޅުވައި، ޓްރެވިންޑްރަމަށް ދަތުރު ކުރަން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.