ފެނަކަ ކޯޕްރޭޝަން

ފެނަކައަށް 263،750 ރުފިޔާގެ ޖޫރިމަނާއެއް

އައްޑޫ ސިޓީގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ޕްލާންޓެއް: އީއައިއޭ ނަހަދާތީ ވަރަށް ގިނައިން ފެނަކަ ޖުރިމަނާ ކުރޭ -- ފޮޓޯ: އައްޑޫލައިވް
0%
0%
0%

ފެނާ ނަރުދަމާ އާއި ކަރަންޓަށް ހާއްސަކޮށްފައިވާ ފެނަކައި ޖޫރިމަނާކޮށްފި އެވެ.

އީޕީއޭއިން ފެނަކަ ޖޫރިމަނާކުރީ ގދ. ނަޑެއްލާގެ އިންޖީނުގެ އަޅަން ނަގަންޖެހޭ ހުއްދަތައް ހޯދާފައި ނުވުމުންނެވެ.

އީޕީއޭއިން މިއަދު ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވާ ގޮތުގައި، ނަޑެއްލާގެ އިންޖީނުގެ މިހާރު ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫއުގައި، އެ މަސައްކަތް ފެށުމުގެ ކުރިން ފެނަކައިން ނަގަންޖެހޭ ހުއްދަތައް ނަގާފައެއް ނުވެ އެވެ.

އީޕީއޭގެ ޕްރެސް ސްޓޭޓްމަންޓް

ފެނަކައިން އެކަން ކޮށްފައި ވަނީ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ބެހޭ ގަވާއިދާއި ހިލާފަށް ކަމަށާއި އެހެންވެ 263،750 ރުފިޔާއިން ފެނަކަ ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ.

އެ ފައިސާ ދައްކަން ފެނަކައަށް ދީފައިވަނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން މަސް ދުވަހެވެ. މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ފަސް ފަހަރަށް ފެނަކަ ޖޫރިމަނާ ކޮށްފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345