އެމްއެންޑީއެފް

"ރޭންޖް ޑޭ 2020" ރައީސް ބައްލަވާލައްވައިފި

Oct 31, 2020

ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ، އިބްރާހީމް މުހައްމަދު ސޯލިހު، ސިފައިންގެ ސީނިއާ އޮފިސަރުންގެ "ރޭންޖް ޑޭ 2020" މިއަދު ބައްލަވާލައްވައިފި އެވެ.

ރައީސް ގިރިފުށީ ޓްރޭނިން ސެންޓަރަށް ވަޑައިގެންނެވި އިރު އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ރޭންޖް ޑޭ އަކީ ސިފައިންގެ އޮފިސަރުން ބައިވެރިވާ ހަރަކާތެކެވެ.

ރައީސް ގިރިފުށްޓަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުލް ރަހީމް ޢަބްދުލް ލަތީފެވެ.

ގިރިފުށީ ޓްރޭނިން ސެންޓަރު އަލުން ހުޅުވީ ގިރިފުށީގެ ބަޑިޖަހާ ރޭންޖްގެ ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށްފަހު އެވެ. އަދި، އެ މަރުކަޒުގައި އިތުރަށް ފުރިހަމަކޮށްފައިވާ ކަންކަމުގެ ތަފްސިލު އެމްއެންޑީއެފުން ވަނީ ޕްރެޒެންޓޭޝަނަކާއެކު ރައީސާ ހިއްސާކޮށްފަ އެވެ.

މިއަދުގެ އެ ހަރާތުގައި ގިރިފުށި ރޭންޖުގައި ބޭނުންކުރާ ހަތިޔާރުތައް ވެސް ރައީސަށް ދައްކާލި އެވެ. އަދި އެމްއެންޑީއެފްގެ ވެޕަންސް އިންސްޓްރަކްޓަރަކު ވަނީ ހަތިޔާރުތަކާ ގުޅޭ މަޢުލޫމާތު ރައީސަށް އަރުވާފައެވެ. އަދި ރައީސް ވަނީ ފަޔާ ޓާގެޓްތައް ބައްލަވާލައްވާފައެވެ.