އުނގޫފާރު

ހަ ދުވަސް ފަހުން އުނގޫފާރު އާންމު ހާލަތަށް

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން ރ. އުނގޫފާރަށް އަރާ ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާ ކުރުމަށްފަހު އެ ރަށް އާންމު ހާލަތަށް ގެނެސްފި އެވެ. އުނގޫފާރު މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ ހަ ދުވަސް ފަހުންނެވެ.

އުނގޫފާރު އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސްފައިވަނީ އެ ރަށުން ނެގި ރެންޑަމް ސާމްޕަލް ތަކުގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ ރަށުން ރެންޑަމް ސާމްޕަލް ނަގާފައިވަނީ އެ ރަށާއި ކައިރި އޮތް ފަޅު ރަށެއްގައި ތިބި ގިނަ އަދަދެއްގެ ބިދޭސީން ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ޕޮޒިޓިވްވެފައިވަނީ އުނގޫފާރު ކެފޭއެއްގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ.

ނަމަވެސް އުނގޫފާރުން ޕޮޒިޓިވްވި މީހާގެ ދެވަނަ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ.

ނަމަވެސް އެ ރަށުގައި ބަލި އުޅޭތޯ ބެލުމަށް ދެ ފަހަރެއްގެ މަތިން ނެގި ގިނަ ސާމްޕަލްތައް ވަނީ ނެގެޓިވްވެފައެވެ. މޮނިޓަރިންއިން ނެގީ އެ ސަބަބާއި ގުޅިގެން ކަމަށް އެޗްއީއޯސީން ބުންޏެވެ.