ވިޔަފާރި

ސިޓީ އިންވެސްޓްމަންޓުގެ ވިޔަފާރިތަކުން މާދަމާ 15 ޕަސެންޓުގެ ޑިސްކައުންޓް

Nov 1, 2020

ސިޓީ އިންވެސްޓްމަންޓުގެ ދަށުން ހިންގާ ހުރިހާ ވިޔަފާރިއަކުން މާދަމާ ރެ އިން ފެށިގެން 15 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.

ސިޓީ ބޭކަރީ ހިންގާ، ސިޓީ އިންވެސްޓްމަންޓް ކުންފުންޏަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި މާދަމާ ހަވީރު 6 އިން ރޭގަނޑު 10:00 އަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެ ކުންފުނީގެ ހުރިހާ ވިޔަފާރި އަކުން 15 ޕަސެންޓުގެ ޑިސްކައުންޓް ދޭނެ އެވެ.

ސިޓީ އިންވެސްޓްމަންޓުން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ މަގުސަދަކީ 15 އަހަރު ފުރުން ފާހަގަ ކުރުން ކަމަށެވެ. އަދި މި ވޭތުވެދިޔަ 15 އަހަރު ތެރޭގައި އެ ކުންފުނީގެ ޕްރޮޑަކްޓް ތަކަށް ކަސްޓަމަރުން ދިން އިތުބާރަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ސިޓީ އިންވެސްޓްމަންޓުގެ ވިޔަފާރި އުފެދުނުތާ މާދަމާ އަށް 15 އަހަރު ފުރޭނެ އެވެ. މިހާރު މި ވިޔަފާރީގެ ދަށުގައި 4 ޝޯރޫމް އަކާއި ސިޓީ ގާޑަން ރެސްޓޯރެންޓް އަދި ސިޓީ ޖެލާޓޯގެ ނަމުގައި ވެސް ވިޔަފާރިއެއް ހިންގަ އެވެ.