އެމްއެންޑީއެފް

ފަރިތަކުރުންތަކެއްގައި ސިފައިން މިރޭ ބަޑިޖަހާނެ

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާ ސަރަހައްދުގައި އެމްއެންޑީއެފް އިން ބާއްވާ ރިހާސަލެއްގައި މިރޭ ބަޑި ޖެހުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ސިފައިން ބުނެފި އެވެ.

ނަސްރުގެ ދުވަހުގެ ތައްޔާރީތަކުގެ ތެރެެއިން ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާ ސަރަހައްދުގައި އެމްއެންޑީއެފް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. އެ ހަރަކާތްތަކަށް ފަރިތަކުރަން މިހާރު ވަނީ ފަށާފައެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ ހަނދާނީ ބިނާ ސަރަހައްދުގައި އެމްއެންޑީއެފް އިން ބާއްވާ ރިހާސަލެއްގައި މިރޭ ބަޑި ޖެހުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

ނަސްރުގެ ދުވަހަކީ މީގެ 32 އަަހަރު ކުރިން ދިވެހިންގެ ބަޔަކު ބައިވެރިވެގެން ތަމަޅައިންގެ ހަނގުރާމަވެރިންތަކަކާއެކު ރާއްޖެ އަރައި މާލެއަށް ދިން އުދުވާނީ ހަމާލާގައި ލިބުނު ނަސްރު ފާހަގަ ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. ނަސްރުގެ ދުވަހާއި ގުޅިގެން ސިފައިން ހާއްސަ ޖަލްސާއެއްވެސް ކޮންމެ އަހަރަކު ބާއްވައެވެ.