ގައުމީ ފުޓްބޯޅަ ޓީމަށް ސްޕޯޓްސް ސައިންސްގެ ތަޖުރިބާކާރަކު ގެނެސްފި އެވެ.
އޮސްޓްރޭލިޔާގެ މިލާން ކިޔާ މި ތަޖުރިބާކާރުގެ މައިގަނޑު މަސައްކަތަކީ ކުޅުންތެރިން މޮނިޓަރ ކުރުމެވެ. މި ގޮތުން ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް އާއި ކުޅުންތެރިން މެޗުތަކުގައި ދައްކާ ކުޅުމާއި ކުޅުންތެރިންނަށް އަންނަ ބަދަލުތައް އޭނާ ދިރާސާކުރާނެ އެވެ.
މިލާން ޓީމާ ގުޅުނީ ގައުމީ ޓީމު ގަތަރާއެކު ކުޅެން ފުރިއިރު އެވެ.
އެފްއޭއެމުން ބުނީ ސްޕޯޓްސް ސައިންސްގެ ތަޖުރިބާކާރަކު ގެނައި ކުޅުންތެރިން މޮނިޓަރކޮށް އިތުރު ކުރިއެރުން ގެނައުމަށް ކަމަށެވެ. އަދި މިއީ ގައުމީ ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓް ވެސް ބޭނުންވެގެން ގެނައި ބަދަލެއް ކަމަށާއި މީގެ ފައިދާ ކުރިމަގުގައި ފެންނާނެ ކަމަށެވެ.