ހަބަރު

ހުޅުދެއްޔާއި ދޫނިދޫ ބަނދަރުގެ އަޕްޑޭޓެއް ދީފި

ކ. ދޫނިދޫ ބަނދަރާއި ދ. ހުޅުދެލީ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އަޕްޑޭޓެއް އެމްޓީސީސީން ދީފި އެވެ.

އެމްޓީސީސީން ބުނީ ދޫނިދޫ ބަނދަރު މަޝްރޫއުގެ މަސައްކަތުގެ 10 ޕަސެންޓް މިހާރު ނިމިފައިވާއިރު ހުޅުދެލި ބަނދަރު މަޝްރޫއުގެ މަސައްކަތުގެ 23 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ދޫނިދޫ ބަނދަރު ފުންކުރުމުގެ 39 ޕަސެންޓްވެސް ނިމި ހުޅުދެލީ ބަނދަރު ފުންކުރުމުގެ 55 ޕަސެންޓްވެސް ނިމިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

ދޫނިދޫ ބަނދަރު މަޝްރޫއުގެ މަސައްކަތްތައް:

  • 4.61 އޭކަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން.
  • 3.75 އޭކަރުގެ ސަރަހައްދެއްގެ ބިން ހިއްކުން.
  • 370 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން.
  • 620 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން.
  • 250 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން.
  • 250 މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން.
  • ބަނދަރު ބައްތި ހަރުކުރުން.

ދޫނިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކޮށްފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ އަގަކީ 51.4 މިލިއަން ރުފިޔާ އެވެ.

ހުޅުދެލީ ބަނދަރު މަޝްރޫއުގެ މަސައްކަތްތައް:

  • 45،585 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން.
  • 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުން.
  • 277 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުން.
  • 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން.
  • 2،160 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން.
  • މަގު ބައްތި ހަރުކުރުން.

ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލު ކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ އަގަކީ 39.8 މިލިއަން ރުފިޔާ އެވެ.