ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ގިނަ ސަފާރީތަކަށް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފި

Nov 2, 2020

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު ހިދުމަތް ދިނުމުގެ ހުއްދަ ރާއްޖޭގެ ގިނަ އަދަދެއްގެ ސަފާރީތަކަށް ދީފި އެވެ.

ރާއްޖޭގައި ސަފާރީ ހިދުމަތް ދިނުމަށް 160 އުޅަނދެއް ރަޖިސްޓްރީކޮށްފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 75 އިންސައްތަ ސަފާރީ އަށް ހިންގުމުގެ ހުއްދަ ވަނި އަލުން ދީފަ އެވެ. އެއީ 120 ސަފާރީ އެވެ.

ސަފާރީ އަށް އަލުން ހިދުމަތް ފެށުމުގެ ހުއްދަ ދެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާ ހާއްސަ މިންގަނޑު ތަކެއް ފުރިހަމަކޮށްގެންނެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވިފަހުން މިހާތަނަށް ގިނަ އަދަދެއްގެ ރިސޯޓުތަކާއި ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ.

ބޯޑަރު ހުޅުވިފަހުން އިއްޔެ އެކަނި ރާއްޖެ އަށް 1،582 ޓޫރިސްޓުން އައިސްފައިވެ އެވެ. މިހާތަނަށް 37،000 އަށްވުރެ ގިނަ ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ.