ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. އަބްދުﷲ މައުސޫމް

މި އަހަރު ނިމޭއިރު ޓޫރިޒަމުން ގެއްލުންތަން އަނބުރާ ހޯދޭނެ: މިނިސްޓަރު

Jun 6, 2021
2

ކޮވިޑް-19 ގެ ސަބަބުން ޓޫރިސްޓުން އައުން މަދުވެފައިވީ ނަމަވެސް، އަހަރު ނިމެންވާއިރަށް ގެއްލުނުބައި ހޯދުމުގެ އުއްމީދު އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ކުރިން އުއްމީދު ކުރީ މި އަހަރުގެ ލޯސީޒަން ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް މިހާރު އެވްރެޖުކޮށް ޓޫރިސްޓުން އަންނަނީ ދުވާލަކު 1500 އިން ދަށުން ކަމަށެވެ.

"އެހެންނަމަވެސް އުންމީދުކުރީ މަދުވެގެން ދުވާލަކު 3،000 އިން މަތިން އަންނާނެ ކަމަށް. އުއްމީދު ކުރިވަރަށް ވުރެ މިހާރު އަންނަ ފަތުރުވެރިންގެ އަދަދު 50 ޕަސެންޓް މަދު. އެކުން އަޅުގަނޑުމެން ހީކޮށްގެން ތިބީ މިދިޔަ ޕީކް ސީޒަނަށް ޔޫރަޕުން އަންނަން ތިބި މީހުން ނައުން މިއީ ޔޫރަޕުގެ ހާލު ބޮޑުވެ، ކާރޫ ބާރޫ ބޮޑުވެގެން އެމީހުންނަކަށް ނާދެވުނު. އެކަމަކު ޔޫރަޕުން ލުއިދޭ ގަޑީގައި މިކޮޅަށް [ރާއްޖެ] އަންނާނެ ކަމަށް،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޔޫރަޕުގެ ހޫނު މޫސުގައި ބައެއް ގައުމުތައް އަގު ހެޔޮވުމުން އެމީހުން އާއްމު ގޮތެއްގައި ނާންނަ ކަމަށެވެ. ނަމަވެސް މި މަހުގެ 21 އިން ފެށިގެން ބްރިޓިޝް އެއާވޭސްގެ ގިނަ ދަތުރުތަކެއް ކޮންމެ ދެ ދުވަހަކުން އަންނަ ގޮތަށް އޮއްވައި ރާއްޖޭގެ ކޭސްތައް މަތިވުމުން ރާއްޖެ ރެޑްލިސްޓަށް އެރުމަކީ ލިބުނު ގެއްލުމެއް ކަމަށެވެ.

"އަނެއްކޮޅުން ސައުތު އޭޝިއާގައި [އިންޑިއާ]ގައި ކޭސްތައް މައްޗަށް ދާތީވެ ރާއްޖޭން ވިސާ ދިނުން ހުއްޓާލީ. ސައުތު އޭޝިއާ އިން އެބަ އާދެ ގާތްގަނޑަކަށް 25 ޕަސެންޓު އެބަ އާދެ. މި ދެ ކޮޅުން އެންމެ ބޮޑުބައި ގެއްލުންވީ،" މައުސޫމް ވިދާޅުވި އެވެ.

ނަމަވެސް، މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޑިސްޓްރީގެ މަސައްކަތުން ގެއްލިގެން ދިޔަތަން މި އަހަރު ތެރޭގައި ހޯދުމުގެ އުއްމީދު އެބައޮތެވެ.

"ނަމްބަރުތައް ލިބޭނެ ބެޑްނައިޓްސް ވެސް ލިބޭނެ. އިރާދުކުރެއްވީތީ ރާއްޖޭގެ ރޭޓްތައް ވެސް ރަނގަޅު،" މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 460،924 ޓޫރިސްޓުންނެވެ.

މިދިޔަ އަހަރު ރާއްޖެއަށް އައިސްފައިވަނީ 555،494 ޓޫރިސްޓުންނެވެ. އަދި އޭގެ ކުރީ އަހަރު 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ސަރުކާރުން ބުނެފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ.