ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލަންކާ ހުޅުވުމުގެ ފައިދާ ރާއްޖޭގެ ޓޫރިޒަމަށް ކުރާނެ

Jan 21, 2021
3

ކޮވިޑް-19 އާ ގުޅިގެން އަވަށްޓެރި ސްރީލަންކާގެ ބޯޑަރުތައް ބަންދު ކުރުމަށް ފަހު މިއަދު އަލުން ހުޅުވާލާފައި ވާއިރު، ސަރަހައްދީ ޓޫރިޒަމް ފުޅާވެ، އެކަމުގެ ހެޔޮ އަސަރު ރާއްޖޭގެ ފަތުރުވެރި ކަމަށް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ދިހަ މަސް ދުވަސް ފަހުން، ލަންކާގެ މައި ދެ ބައިނަލްއަގުވާމީ އެއާޕޯޓު ވަނީ މިއަދުން ފެށިގެން ފުރިހަމައަށް އޮޕަރޭޝަނަށް ގެނެސްފަ އެވެ.
އެއާއެކު ލަންކާ އިން ވަނީ ޒިޔާރަތްކުރާ ފަތުރުވެރިން އަމަލު ކުރަންޖެހޭ ވަރުގަދަ ގައިޑްލައިންތަކެއް ވެސް ކަނޑައަޅައި އާންމުކޮށްފަ އެވެ.

މިގޮތުން، ލަންކާއަށް އަންނަ ފަތުރުވެރިން 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 އިގެ ނެގެޓިވް ނަތީޖާއެއް ހުށަހަޅަންޖެހޭއިރު، ފަތުރުވެރިން ތިބެން 14 ޒޯންތަކެއް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

އެ ޒޯނުތަކުގައި 180 އެއްހާ ރިސޯޓާއި ހޮޓާތައް ހިމެނޭއިރު، ފަތުރުވެރިން ތިބޭ ހޮޓާތަކުން އާއްމު ތަންތަނަށް ދިއުން ވަނީ މަނާ ކޮށްފަ އެވެ. އަދި ލަންކާއަށް އެތެރެވާތާ ހަތް ދުވަހުގެ ތެރޭގައި އިތުރު ޕީސީއާރު ޓެސްޓެއް ހަދަންޖެހެ އެވެ.

ލަންކާ ސަރުކާރުގެ އެ ނިންމުމަށް މަރުހަބާ ވިދާޅުވެ، މައުސޫމް މިއަދު ވިދާޅުވީ ލަންކާގެ ބޯޑަރުތައް އަލުން ހުޅުވާލުމުން، ޑުއަލް ޑެސްޓިނޭޝަންގެ ޒަރިއްޔާއިން ސަރަހައްދީ ޓޫރިޒަމަށް އެކަމުގެ ހެޔޮ އަސަރު ކުރާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް މިއަހަރު 55،727 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ސަރުކާރުން މިހާރު އަންދާޒާކޮށްފައިވަނީ މި އަހަރު އެއް މިލިއަން ޓޫރިސްޓުން އަންނާނެ އެވެ. މިދިޔަ އަހަރު ޖުލައި 15 ގައި ބޯޑަރު ހުޅުވިފަހުން އައިސްފައިވަނީ 555،000 ޓޫރިސްޓިންނެވެ.