ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. އަބްދުﷲ މައުސޫމް

"ބޯޑަރު ބަންދު ކުރާނެ ހާލަތެއް ނެތް"

ޓޫރިޒަމް ޕްރޮޕަޓީއެއް ހުޅުވަން ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ބައިވެރިވަޑައި ގަންނަވަނީ: ރާއްޖޭގެ ބޯޑަރު އަލުން ބަންދު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނު ގެންގުޅުއްވާ ކަމަށް މިނިސްޓަރު ވިދާޅުވި
0%
0%
0%

އަލުން ރާއްޖޭގެ ބޯޑަރު ބަންދު ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށް އެ ފަދަ އެއްވެސް މަޝްވަރާއެއް ސަރުކާރުން ނުކުރާ ކަމަށާއި އަލުން ބޯޑަރު ބަންދު ކުރުމަކީ "ހިތަށް ވެސް އަރުވާފައި ނެތް" ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ބަލި ފެތުރޭ މިންވަރު އިތުރުވެ، ނަމްބަރުތައް މަތިވަމުންދާތީ ބައެއް ފަރާތްތަކުން ދަނީ އަނެއްކާ ވެސް ރާއްޖޭގެ ބޯޑަރު ބަންދު ކުރަން އުޅޭ ކަމަށް ބުނަމުންނެވެ. އެ ކަމާ ގުޅޭ އެކި ވާހަކަތައް ރެއިން ފެށިގެން ދައުރުވަމުން ދާތީ ޓޫރިޒަމް އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ވެސް އެ މައުލޫމާތު ސާފު ކުރަމުން ދިޔައެވެ.

އޭގެ ފަހުން މިއަދު ހެނދުނު އަވަސް އަށް ދެއްވި އިންޓަވިއު އެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ "ރާއްޖޭގެ ބޯޑަރު ބަންދު ކުރަން ޖެހޭ ހާލަތެއް ނެތް" ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސިއްހީ ދާއިރާ އާއި ރައްޔިތުން ގުޅިގެން މިހާރުގެ ކޮވިޑްގެ ނަމްބަރުތައް ރާއްޖޭގައި ދަށް ކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ކޮވިޑް ވެކްސިން ޖަހަން ފަށާފައިވުމުން އިގްތިސޯދީ ހަރަކާތްތަކުގެ ކުރީ ސަފުގައި ތިބި ފަރާތްތަކާއި ޕްރޮންޓްލައިނަށް ވެކްސިން ޖަހަމުން ދިއުމާއެކު ކުރިއަށް ރާއްޖޭގައި އޮތީ އުޖާލާ ދުވަސް ތަކެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"މިހާރު ރަށްރަށުން ފެނި އިތުރުވަމުންދާ ނަމްބަރުތައް ﷲ ގެ އިރާދަފުޅާއެކު ދެން ތިރި ކުރެވޭނެ. ރާއްޖެއަކީ ޖިއޮގްރެފިކްލީ ގޮތުން ތަފާތު ގައުމެއް. އެހެންވެ، ބަލި ކޮންޓްރޯލް ކުރަން ފަސޭހަ. އެހެންވެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮންޓްރޯލް ވާނެ ކަމަށް އުންމީދު ކުރެވޭ،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރޭގައި ކޮވިޑް-19 އަށް ޕްރޮޒިޓިވްވާ މީހުންގެ އަދަދު ނިސްބަތުން ވަރަށް މަދު ކަމަށެވެ.

"ޑިސެމްބަރު މަހު ޓޫރިސްޓުން ޕޮޒިޓިވްވާ މިންވަރު އުޅެނީ 0.007 ޕަސެންޓުގަ. ކޮންމެ 1000 މީހަކުން ހަތް މީހުން. މިދިޔަ މަހު ވެސް މި އަދަދު އުޅެނީ ކޮންމެ 1،000 މީހަކުން ގާތްގަނޑަކަށް އަށް މީހުން،" މައުސޫމް ވިދާޅުވި އެވެ.

ފަހަކަށް އައިސް ޓްވީޓް ކުރެއްވުމާއެކު ވާހަކަ ގިނަ ކުރައްވާފައިވާ މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް ވެކްސިން ޖަހަން ފަށައި ވެކްސިން ރޯލްއައުޓް ހަލުއި ކަމާއެކު ދާތީ މި އަހަރު ޓޫރިޒަމް ރަނގަޅު ވުމުގެ އުންމީދު ވަރަށް ބޮޑެވެ.

ބޯޑަރު ބަންދު ކުރަން އުޅޭ ކަމަށް އަޑުފެތުރިފައިވާއިރު، ރައީސް މުހައްމަދު ނަޝީދު ވަނީ ސްކޫލްތަކާއި ބަންދުކޮށް ބޯޑަރު ބަންދު ކުރުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށާ، ވެކްސިން ޖަހައި ބަލި ކޮންޓްރޯކް ކުރުން އަވަހަށް ބޭނުންތެރި ކަމަށް ވިދާޅުވެ ޓުވީޓް ކުރައްވާފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ބަލި ފެތުރެން ފެށުމާއެކު ބޯޑަރު ބަންދު ކުރި އެވެ. އެއީ މާޗް 15، 2020 ގައެވެ. ބޯޑަރު އަލުން ހުޅުވާލާފައިވަނީ ޖުލައި 15، 2020 ގައެވެ. ބޯޑަރު ހުޅުވާލި ފަހުން މިދިޔަ އަހަރުގެ ނިޔަލަށް 555،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިދިޔަ މަހު އެކަނި 92،103 ޓޫރިސްޓުން އައިފައި ވެއެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345