ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިޓަލީ

އިޓަލީން ރާއްޖެއަށް ލުއި ދީފި

ކޮވިޑް-19 ގެ ހާލަތުގައި ކަރަންޓީން ނުވެ ދަތުރު ކުރެވޭ ގައުމުތަކުގެ ލިސްޓުގައި އިޓަލީން ރާއްޖެ ހިމަނައިފި އެވެ.

އިޓަލީގެ ހެލްތު މިނިސްޓްރީން ވަނީ ކަރަންޓީން ނުވެ ދަތުރު ކުރެވޭ ހަ ގައުމެއް އިއުލާނު ކޮށްފަ އެވެ. އެ ގައުމުތަކުގެ ލިސްޓުގައި ހިމެނެނީ ރާއްޖޭގެ އިތުރުން ސީޝެލްސް އާއި މޮރިޝަސް އަދި މިސްރާއި ޑޮމެނިކަން ރިޕަބްލިކް އާއި އަރުބާ އެވެ.

މި ބަދަލާއެކު މި ހަ ގައުމަށް ދަތުރު ކުރާ މީހުން އިޓަލީއަށް ގޮސް ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ. ނަމަވެސް މި ގައުމުތަކަށް ދަތުރު ކުރާއިރު އިޓަލީ ސަރުކާރުން ދޫކޮށްފައިވާ "ގްރީން ފާސް" އޮންނަން ޖެހޭނެ އެވެ. މި އުސޫލާއެކު އިޓަލީން ދަތުރު ކުރާ މީހުން ގައުމުން ފުރުމުގެ ކުރިން 48 ގަޑިއިރުގެ ނެގެޓިވް ޓެސް ބޭނުން ވާނެ އެވެ.

އިޓަލީ އަކީ ރާއްޖޭގެ އެންމެ ޓްރެޑިޝަނަލް ޓޫރިޒަމް މާކެޓެވެ. ރާއްޖެއަށް އައި ފުރަތަމަ ޓޫރިސްޓުން 1972 ގައި ނިސްބަތް ވަނީ ވެސް އިޓަލީ އަށެވެ.