ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޕްލޭން އޮތީ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ގޮތަށް

މަޖިލީހުގެ ކޮމިޓީއަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މައުލޫމާތު ދެއްވަނީ . -- ފޮޓޯ: މަޖިލިސް
0%
0%
100%

އާ ޓޫރިޒަމް މާސްޓަ ޕްލޭން އޮތީ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ގޮތަށް ޓޫރިޒަމް ކުރިއަށް ގެންދިއުމަށް ކަމަށް ޓޫރިޒަމް ޑރ. މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްވަމުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ އާ ޕްލޭން ތައްޔާރު ކުރަމުން ދާނީ ކޮންމެ ރަށަކަށް ވެސް ޓޫރިޒަަމްގެ ފައިދާ ލިބޭ ގޮތަށް ކަމަށެވެ.

"ރާއްޖޭގެ ސަގާފަތާއި އިކޮލޮޖިކަލް މުއްސަނދިކަން ބޭނުންކޮށްގެން ހުރިހާ ރަށެއްގެ ފަތުރުވެރިކަން ވިދާލުން ޕްލޭންއަކީ. ހުރިހާ ހިސާބަކަށް ފަތުރުވެރިކަން ދާނެ،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ޓޫރިޒަމް މާސްޓަ ޕްލޭން ހަދަމުންދާ ކަމަށާއި، ޕްލޭން އޮތީ ހުރިހާ ރައްޔިތުންނަށް ނައިޓަށް ގެއަށް ދެވޭ ގޮތަށް ކަމަށެވެ.

"އެ ރަށްޔިތަކު އުޅޭ ރަށަކާއި ކައިރީގައި އެ މީހަކަށް ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ލިބޭނެ. އެހެން ނޫނީ ތަންކޮޅެއް ދުރުގައި އުޅޭނަމަ އެ ވަޒީފާ އުޅޭ ތަނަކާ ކައިރީގައި ދިރިއުޅޭ ތަނެއް ހޯދޭނެ،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ޓޫރިޒަމް މާސްޓަ ޕްލޭންގެ އެއް ކަމަކީ ބެޑް ކެޕޭސިޓީ އިތުރު ކުރުމާއި ޓޫރިޒަމް ސަރަހައްދުތައް ދެކެގަތުން އަދި ޓޫރިޒަމަށް ހިދުމަތް ދޭ ތަންތަނުގެ އިންތި އާއި ފަންތި ހިމެނުން ކަމަށެވެ.

"މި މާސްޓަ ޕްލޭންއަކީ ލިވިން ޑޮކިއުމެންޓެއް. ވަގުތާއި ހާލަތަށް ފަތުރުވެރިކަމުގެ ސިނާއަތަށް މި އަންނަ ޒަމާނީ ބަދަލުތައް، އަހަރުން އަހަރަށް ޖާގަ ލިބޭ ގޮތަށް އޮންނަ ޑޮކިއުމެންޓެއް. މި ޑޮކިއުމެންޓް [މާސްޓަ ޕްލޭން] ގެ ކޮންސެޕްޓް މިހާރު ވަނީ އެކުލަވާލެވިފައި. އަޅުގަނޑުމެން އެންމެ އިސް ކަމެއް ދެނީ ފަތުރުވެރިކަމުގެ ދާއިރާގެ ވެރިންނަކީ ދިވެހިންނަށް ހެދުމަށް. ރިސޯޓުތަކުގެ އޯނަރުންނާއި ސަފާރީތަކާއި ގެސްޓްހައުސްތައް. ވަޒީފާތަކުގައި އުޅޭ މީހުންނަކީ ވެސް ދިވެހިންނަށްވުން. ދިވެހި އަންހެނުންގެ ރޯލު ފަތުރުވެރިކަމުގައި އިތުރު ކުރުން،" މައުސޫމް ވިދާޅުވި އެވެ.

"ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގައި ތިމާވެއްޓާ ރަހުމަތްތެރި ތަނެއްގެ ގޮތުގައި ބަލައިގެންފައިވޭ .އެހެންވެ އަންނަ އޮތް ޖީލުތަކަށް ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން އަޅުގަނޑުމެން ފޯރުކޮށްދޭނެ. އެކަމަކު މިއަދުގެ ޖީލަށް ބޭނުންވާ ފައިދާ ހޯދޭނެ."

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބަލާއެއ

ފޮނިވާހަކަ ނުދައްކާ އާމުންނަށް ފަސޭހައެއް ކޮށްދީބަލަ.

ޑރ. ރާމީ ޙަސަން މަނިކު.

ޑރ. މައުސޫމް އަކީ ތިޔަކަމަށް ލިޔާޤަތާއި ޤާބިލިއްޔަތު ހުރި ބޭފުޅެއް. މަޖީދިއްޔާ ސްކޫލް ގެ ގްރޭޑް 10 ގައި އުޅުއްވި އިރުވެސް ހުރިހާ މާއްދާތަކަށް ވެސް ވަރަށް މޮޅުވާނެ.

ޤާދިރު

މާ ލޮނު މަޑު މީހުންނަކަށް ކަންކަމެއް ނުވާނެ.

ރިސޯރޓް ބޯއި

ހުސް ބަންގާޅިން ރެސޯރޓް ވަޒީފާ ތަކުގަ ގިނައީ ދެން ކިހިނެތް ދިވެހިން އަތަށް ޑޮލަރު އަރަނީ! ރޫމްބޯއިން ނަށް ވެސް ނުކިޔަވާ ތިބި ބަންގުން! އެހެންވެ އުދަގޫވޭ ރޫމް ތަށް ބަލަހައްޓަން އެމީހުންނަށް ރޫމް ތަކުން ގެސްޓުން ބޭނުން ކޮށްފަ ހުންނަ އެއޗެހި ނޯޓް ކުރަން ނޭގޭތީ

ހަތަބު

ކަލޭގެ ޖީބަށް ޑޮލަރު ބޮޑި ވަންނަގޮތަށް މިވެސް ފޮނިކެނޑިއެއް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345