ނަސްރުގެ ދުވަސް

ސިފައިންގެ ހިތްވަރަށް މިނެއްނެތް ޝުކުރު ހައްގު: މާރިޔާ

ނޮވެންބަރު ތިނެއްގައި ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ކެރުމުގެ މަތިވެރި ނަމޫނާއަށް މިނެއްނެތް ތައުރީފު ހައްގު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ނޮވެންބަރު 3، 1988 ދުވަހަކީ ރާއްޖޭގެ ތާރީހުގެ ކަޅު ސަފްހާއެއް ކަަމަށެވެ. ބޭރުގެ ބަޔަކު އައިސް ދިން އުދުވާނީ ހަަމަލާގައި ކުށެއްނެތް އެތަށް ބަޔަކު ޒަހަމްވެ 19 ދިވެހިން ޝަހީދުވެެގެން ދިޔަކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ނޮވެންބަރު ތިނެއްގެ ހާދިސާ ކުރިމަތިވީއިރު ދިވެހިންގެ ކިބައިގައި ހުރި އަސްކަރީ ވަސީލަތްތަކާއި ތަމްރީންގެ ފެންވަރު މިންވަރު މިއަދާއި އަޅާބަލާއިރު ކިތަންމެ ތަފާތު ނަމަވެސް ޝަހީދު ހުސައިން އާދަމް ފަދަ އަބްތާލުން ދެއްކެވި ހިތްވަރާއި ކެރުމުގެ މަތިވެރި ނަމޫނާއަށް މިނެއްނެތް ތައުރީފު ހައްގު ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

"އަދި އާންމު ރައްޔިތުންގެ ކިބައިން ފެނުނު ހިތްވަރާއި ކެރުމަށްވެސް އައްސަރިބަހާއި ސާބަސް ހައްގު،"

މިނިސްޓަރު ވަނީ އެ ދުވަހު އިންޑިއާގެ އެހީތެރިކަމަށް ސަރުކާރުން އެދުމުން އެ ގައުމުން ވެދިން އެހީތެރިކަންވެސް ފާހަގަަ ކުރައްވާާފައެވެ. މި ސަރުކާރުން ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ވަރަށް އިސްކަން ދެއްވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ހިތުގައި ދިވެހި ސިފައިންނަށް އޮންނަ ލޯތްބާއި އިތުބާރު އަަދި މަގުބޫލުކަންވެސް އިތުރުވެފައިވާ ކަމަށެވެ.