ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިނޭންސް މިނިސްޓްރީ

ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ރުފިޔާ ހޯދައިފި

Nov 3, 2020
3

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 100 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ މަހަކު އެއް ފަަހަރު އާއްމުކުރާ މަންތްލީ ފިސްކަލް ހިސާބުތައް ދައްކާ ގޮތުގައި ޖޫރިމަނާގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 100.5 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި 180 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އަހަރު އެއްކޮށް ބަލާއިރު މި އަހަރު ޖޫރިމަނާގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވި ނަމަވެސް ވަކިވަކި މަސްތައް ބަލާއިރު މި އަހަރު ޖޫރިމަނާގެ ފައިސާ ވަނީ އިތުުރުވެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ޖޫރިމަނާގެ ގޮތުގައި 14.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 13.5 މިލިއަން ރުފިޔާ އެވެ.

ޖޫރިމަނާގެ ފައިސާ މިދިޔަ މަހު މަތިވެފައިވާއިރު ކޮވިޑް-19 ގެ ސަބަބުން އެޅި ތަފާތު ފިޔަވަޅުތަކާ ހިލާފު ވެގެން މިދިޔަ މަހު ވެސް ގިނަ ބަޔަކު ވަނީ ޖޫރިމަނާކޮށްފަ އެވެ.