ފިނޭންސް މިނިސްޓްރީ

ފިޗުގެ ރޭޓިން ގަބޫލުކުރަން ސަރުކާރުން ދެކޮޅު ހަދައިފި

ފިޗުގެ ރޭޓިން ގަބޫލުކުރަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

ބޭރު ފައިސާ ލިބުމުގެ ތާށިކަމާއި މަތިވަމުން ދާ ދަރަންޏަށް ބަލައި ފިޗުގެ ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ވަނީ ބަދަލުކޮށްފައެވެ. ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ، ހޮންކޮންގްގެ ފިޗް ރޭޓިން އިން ބުރާސްފަތި ދުވަހު ނެރުނު ރާއްޖޭގެ ރޭޓިންގައި ބުނެފައިވާ ގޮތުން، ރާއްޖޭގެ ރޭޓިން "ބީ" ނެގެޓިވް އައުޓްލުކް އިން "ސީސީސީ" އަށް ދަށްކުރި މައިގަނޑު ސަބަބަކީ ބޭރު ފައިސާ ލިބުމަށް ކުރިމަތިވެފައިވާ މަތިތަކުގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި ކޮވިޑް-19 ގެ ސަބަބުން މިހާލަތުގައި ރާއްޖޭގެ ދަރަނި މަތިވަމުން ދިއުން ހިމެނެ އެވެ.

"ސީސީސީ" ރޭޓިން ދެނީ އާއްމު ގޮތެއްގައި ދެނީ ދަރަނި މަތިވަމުން ދާތީ އެވެ.

ރާއްޖޭގެ ރޭޓިންއަށް ބަދަލު ގެނެސް ފިޗުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން މާލީ އެހީ ހޯދުމުގައި ކާމިޔާބު ތަކެއް ހޯދާފައިވީ ނަމަވެސް ޑޮލަރު ލިބުމުގައި ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ނުދާ ކަމަށާ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. ކޮވިޑްގެ ހާލަތު ސަރުކާރުން މެނޭޖްކޮށްފައިވާ ކަމަށާ އިގްތިސާދީ ހަރަކާތްތައް ފެށި މާލީ ގޮތުން ރާއްޖެ ހަމަޖެހެމުންދާ ކަމަށެވެ. އަދި ފިޗުގެ ރޭޓިން ގަބޫލުކުރަން ދެކޮޅު ހަދާ އެސެސްމެންޓްތައް ގަބޫލުކުރަން ދަތި ކަމަށް ވަނީ ބުނެފައެވެ.

ފިޗުގެ ރޭޓިން އިން އަންދާޒާ ކޮށްފައިވާ ގޮތުގައި މި ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބޭ ގެއްލުން 2009 ގެ ފައިނޭންޝަލް ކްރިސިސް އާއި ސުނާމީއާ ގުޅިގެން އިގްތިސޯދަށް ލިބުނު ގެއްލުމަށް ވުރެ ބޮޑުވާނެ އެވެ. މިގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވައި ޓޫރިސްޓުން އަންނަ ފެށި ނަމަވެސް ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅޭނީ 2022 ގައި ކަމަށް ބުނެފައިވެ އެވެ.

ފިޗް ރޭޓިންސް އިން ވޭތުވެދިޔަ ދެ އަހަރު ވެސް ރާއްޖެ އަށް ދީފައި ވަނީ "ސްޓޭބަލް" އައުޓްލުކެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ދަށްވެފައިވާތީ ކްރެޑިޓް ރޭޓިން "ބީ" އަށް ދަށްކޮށް "ނެގެޓިވް" އައުޓްލުކަށް ބަދަލުކޮށްފައިވަނީ އެޕްރީލް މަހު އެވެ. އެ ފަހަރު ފިޗުން ބުނެފައިވާ ގޮތުގައި ފިޗުން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ގެއްލުންވެ، ރާއްޖޭގެ އިގްތިސޯދަށް ގެއްލުން ވާނެ އެވެ. މި އަހަރު ރާއްޖޭގެ އިގްތިސޯދު ހުންނާނީ މައިނަސް ފަސް ޕަސެންޓުގައި ކަމަށާ އަދި އުފެއްދުންތެރިކަން ދަށްވެގެން ދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖެ އަށް އިންވެސްޓްމަންޓް ގެނައުމަށްޓަކައި ރާއްޖެ ރޭޓް ކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މިހާތަނަށް ރާއްޖެ އަށް ރޭޓިން ދީފައިވަނީ ފިޗާއި މޫޑީސް އިންވެސްޓާސްގެ ފަރާތުންނެވެ.