ހަބަރު

ތަކަންދު އަށް ބޮޑުމަހެއް ލައްގައިފި

ހއ. ތަކަންދޫއަށް 20 ފޫޓުގެ ބޮޑުމަހެއް ލައްގައިފި އެވެ.

ތަކަންދޫ ކައުންސިލް ނައިބު ރައީސާ އައިޝަތު އާސިފާ މިއަދު ވިދާޅުވީ ބޮޑު މަހެއް އެރަށު ފުއްޓަރު ފަރާތަށް ލައްގާފައިވާ ބޮޑު މަސް އޮތީ މަރުވެ ވަރަށް ބޮޑަށް ކުނިވެފައި ކަމަށެވެ.

އާސިފާ ވިދާޅުވީ މަސް ނައްތާލުމުގެ މަސައްކަތް ކުރުމަށް ވަސީލަތްތައް އެރަށުގައި ނެތް ކަމަށާއި އެމްއެންޑީއެފްގެ އެހީތެރިކަމަށް މިހާރު އެދިފައިވާނެ ކަމަށެވެ.

ބޮޑުމަހެއް އެރަށަށް ލައްގާފައިވަނީ މިއަދު ހެނދުނު 10:15 ހާއިރު ކަމަށްވެސް އޭނާ ބުންޏެވެ.