ހަބަރު

ތަކަންދޫއަށް ލެއްގި ބޮޑުމަސް ނައްތާލުމުގެ މަސައްކަތް ފަށައިފި

ހއ. ތަކަންދުއަށް ލެއްގި ބޮޑުމަސް ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

ތަކަންދޫ އަށް ލައްގާފައިވަނީ 20 ފޫޓުގެ ބޮޑު މަހެކެވެ. މި ބޮޑުމަސް އޮތީ މަރުވެ ކުނިވެފަ އެވެ.

އެމްއެންޑީއެފުން ބުނީ މި ބޮޑުމަސް ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފްގެ ނޮދާން އޭރިއާ އާއި ތަކަންދޫ ކައުންސިލާއި ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ.

މި ބޮޑު މަސް ތަކަންދުއަށް ލައްގާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.