ހަބަރު

ހަމަލައާ ގުޅިގެން 241 ކޮމެޓީގެ ބައްދަލުވުމެއް ފަށައިފި

Oct 18, 2015

ރިޔާސީ ލޯންޗްކޮޅު އެއްޗެއް ގޮއްވާލާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަތަ 241 ކޮމެޓީގެ ސަބް ކޮމެޓީގެ ދެވަނަ ބައްދަލުވުމެއް ތާވަލްކޮށް ފަށައިފި އެވެ.

އެ ސަބް ކޮމެޓީގެ މުގައްރިރު ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު ވިދާޅުވީ
ސަބް ކޮމެޓީގައި މިއަދު ކުރިއަށް ގެންދާނީ ސިފައިންނާއި ފުލުހުންގެ ތަހުގީގު ދިމާވާ ކަންކަމާދު ސުވާލުކޮށް ބެލުން ކަމަށެވެ.

މި ކޮމެޓީގެ ބައްދަލުވުމެއް ކުރިޔަށްދާއިރު ނިހާން ވިދާޅުވެފައި ވަނީ ރިޔާސީ ލޯންޗުކޮޅުގައި ދިން ހަމަލާއަށް ފަހު ސިފައިންގެ ކަޅުތުއްކަލާކޮށީގައި ބަންދުކޮށްފައި ތިބި ސިފައިން ހަންނު ހުންނަ މައްސަލަ 241 ކޮމެޓީގައި ބަލާނެ ކަމަށާއި އެފަދަ ވާހަކަތަކެއް އިވިވަޑައިގެންފައިވާ ކަމަށެވެ

އޭނާ ވިދާޅުވީ 241 ކޮމެޓީއަށް ސަލާމަތީ ބާރުތަކުގެ އިސް ފަރާތްތައް ހާޒިރުކޮށް އެފަދަ ކަމެއް ހިނގަމުން ދޭތޯ ސުވާލު ކުރާނެ ކަމަށެވެ.