ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

މެޗު ފަސްކުރަން ގްރަނާޑާ އެދިއްޖެ

ގްރަނާޑާގެ ކޯޗް ޑިއޭގޯ މާޓިނޭޒް އާއި ޓީމުގެ ގިނަ ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން މެޗު ފަސް ކުރަން އެ ކުލަބުން އެދިއްޖެ އެވެ.

ސެން ސެބޭސްޓިއަންގައި މިއަދު ގްރަނާޑާއިން ނުކުންނާނީ ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށެވެ. ގްރަނާޑާއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، މިނިމަމް އަދަދަށް ކުޅުންތެރިން ހަމަ ނުވާތީ މެޗު ފަސް ކުރަން ސްޕެނިޝް އެފްއޭގެ ކިބައިން އެދިފައިވާނެ ކަމަށެވެ.

ޔޫރޮޕާ ލީގްގައި ސައިޕްރަސްގެ އޮމާނިއޯ ނިކޯސިއޯ ދެކޮޅަށް ކުޅެން ސައިޕްރަސްގައި ތިއްބައި ގްރަނާޑާގެ ފޯވަޑް އެންޓޯނިއޯ ޕްއެރްޓާސްގެ ގައިން ކޮވިޑްގެ އަލާމަތް ފެނިގެން އޭނާ ޓެސްޓް ކުރިއިރު ކޮވިޑަށް ޕޮޒިޓިވް ވި އެވެ.

ކޯޗް މާޓީނޭޒްގެ އިތުރުން ޑިފެންޑާ ޖެސޫސް ވެލޭހޯ، ފޯވަޑް ރޮބާޓޯ ސޮލްޑާޑޯ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އަދި ޓީމުގެ ބައެއް އޮފިޝަލުންވެސް ޕޮޒިޓިވް ވިއެވެ.

އިއްޔަ ރެއާލް މެޑްރިޑްގެ ކާލޯސް ކަސެމީރޯ އާއި އެޑެން ހަޒާޑް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. ކަސެމީރޯ ކޮވިޑަށް ޕޮޒިޓިވް ވުމަކީ ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާންއަށް ކުރިމަތިވާނެ ބޮލުގެ ރިހުމަކަށް ވާނެ އެވެ. ރެއާލް މިރޭ ނުކުންނާނީ ވެލެންސިއާ އާ ދެކޮޅަށެވެ.