ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކެފޭތަކާއި ފިހާރަތަކުން ހިދުމަތްދޭ ވަގުތު އިތުރުކޮށްފި

ކޮވިޑް ކާފިއުއާއެކު ހިދުމަތްތަކުގެ ވަގުތަށް ގެނެސްފައިވާ ބަދަލުތައް އަލުން އިންތިޒާމްކޮށް ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުން ހިދުމަތްދޭ ގަޑިތައް އިތުރުކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެއުމުގެ ގޮތުން ރޭ ވަނީ، ކާފިއު ގަޑި މަދުކޮށްފަ އެވެ. އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މިހާރު މަނާ ވަނީ މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށެވެ.

މި ބަދަލާއެކު މިއަދު އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށް ބުނީ، މިއަދުން ފެށިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ. އަދި، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރި ކުރި ކަމުގައިި ވިޔަސް، އެޗްޕީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އެދިފަ އެވެ.

ރާއްޖެއިން މިހާތަނަށް 11،154 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އެ ބަލީގައި 35 މީހަކު މަރުވި އިރު މިހާރު ފަރުވާދެނީ 850 މީހުނަށެވެ.