ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޔޫއެންޑީޕީން ރާއްޖެއަށް ޕީޕީއީ ހަދިޔާ ކޮށްފި

Nov 8, 2020
ޔޫއެންޑީޕީގެ އެހީ އާ ސަރުކާރުން މިއަދު ހަވާލު ވަނީ -- އަހްމަދު އަޝްހާދު | އަވަސް
0%
0%
0%

ކޮވިޑް-19 އިންޓަގްރޭޓެޑް ރެސްޕޯންސް ސަޕޯޓްގެ ދަށުން އދ. އިން ރާއްޖެއަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާ ކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ތަކެތި ސަރުކާރާ ހަވާލުކޮށް ދެއްވީ ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ އެވެ. މި ތަކެއްޗާ ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ހަދިޔާކުރި ތަކެތި

  • 1080 ހެޒެމްޓް ސޫޓް
  • 10،080 އެން-95 މާސްކް
  • 5000 ސާޖިކަލް ގައުންސް
  • 6000 ސާޖިކަލް މާސްކް
  • 400 ގޮގްލްސް
  • 6000 ހެޑް ކަވާސް
  • 5000 ޝޫ ކަވާސް
  • 2000 ފޭސް ޝީލްޑް
  • 10،000 އެގްޒަމިނޭޝަން ގްލަވްސް

ފޮރިން އިން ބުނީ، މިތަކެތި ބޭނުން ކުރާނީ ކޮވިޑް އިތުރަށް ފެތުރުނަ ނުދިނުމަށާއި، ރައްކާތެރިވުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުންނަށް ކަމަށެވެ.

ޕީޕީއީ ތަކުގެ އިތުރުން ޓިއޯޗިއު އިންޓަނޭޝަނަލް ފެޑެރޭޝަންގެ އެހީ އާއެކު ހޯދާފައިވާ އެއް މިލިއަން ނަން-ސާޖިކަލް މާސްކްވެސް މިއަދު ހަވާލުކުރި އެވެ. މި މާސްކްތައް ބޭނުންކުރާނީ ގެސްޓްހައުސްތަކުގެ އޮޕަރޭޝަން އަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910