ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޓެލެކޮމް ހިދުމަތް ދޭން އިތުރު ކުންފުންޏަކަށް ލައިސަންސް ދެނީ

މީހަކު ފޯނުން ވާހަކަ ދައްކަނީ: ފޯނުގެ ހިދުމަތް ދޭން އިތުރު ކުންފުންޏަކަށް ލައިސަންސް ދޭން ދަނީ މަސައްކަތް ކުރަމުން -- ފޮޓޯ: އަވަސް
0%
0%
0%

ޓެލެކޮމް ހިދުމަތް ދޭން އިތުރު ކުންފުންޏަކަށް ހިދުމަތް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ހުށަހެޅި ބަޖެޓުގައިވާ އާމްދަނީ ހޯދަން އިތުރަށް ކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ޓެލެކޮމް ލައިސަންސަށް ގެންނަ ބަދަލާއި ފުރިކުއެންސީ ސްޕެކްޓަމް ޗާޖެއް ނެގުން ހިމެނެ އެވެ. މި ބަދަލާއެކު އަންނަ އަހަރު ބަޖެޓަށް އިތުރަށް 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ޓެލެކޮމް ހިދުމަތް ދޭން އިތުރު ކުންފުންޏަކަށް އަންނަ އަހަރު ލައިސަންސް ދޭނެ ކަމަށެވެ.

"އިރާދު ކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީކޮޅު އާ ކުންފުންޏަށް ލައިސަންސް ދޭން ޓެންޑަރަށް ހުޅުވާލާނަން،" އަމީރު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ފޯނާއި އިންޓަނެޓުގެ ހިދުމަތް ދެމުން ގެންދަނީ ސަރުކާރު ހިއްސާވާ ދިރާގާއި އުރީދޫ މޯލްޑިވްސް އިންނެވެ. ނަމަވެސް އިތުރު ކުންފުންޏަކަށް ފޯނާއި އިންޓަނެޓުގެ ހިދުމަތް ދޭން އިތުރު ކުންފުންޏަކަށް ލައިސަންސް ދޭން އުޅޭ ވާހަކަ ތަކެއް މި އަހަރުގެ ކުރީކޮޅު ފެތުރުނެވެ.

މި ހިދުމަތް ދޭން އިންޑިއާގެ ރިލަޔަންސް ކުންފުންޏަކާ ވާހަކަ ދައްކާފައިވާ ކަމަށް އެ ދުވަސްވަރު އިނދިކުޅު ފަރާތް ތަކުން ތުހުމަތު ވެސް ކުރި އެވެ.

15 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910