ހަބަރު

އިންޑިއާގެ ފޮރިން ސެކެރެޓެރީ މައުމޫނާއި ބައްދަލު ކުރައްވައިފި

އިންޑިއާގެ ފޮރިން ސެކެރެޓަރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ބައްދަލު ކުރައްވައިފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި މި ބައްދަލުގައި އިންޑިއާގެ ފޮރިން ސެކެރެޓަރީ އެފްއެސް ޝްރިންގްލާ ވަނީ ރައީސް މައުމޫނާއި ބައްދަލުކުރައްވާ، އިންޑިއާއާއި ރާއްޖޭގެ މެދުގައިވާ ގުޅުމުގެ ބިންގާ ވަރުގަދަކުރުމަށް ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅު ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ވަނީ ރާއްޖެ އާއި ދެ ގައުމުގެ މެދުގައިވާ ބައިލެޓަރަލް ގުޅުމަށް އެއްބާރުލުން ދެއްވުމުގައި ދެމިހުންނެވުމަށް ރައީސް މައުމޫންގެ އަރިހު ފޮރިން ސެކްރެޓަރީ އެދިވަޑައިގެންނެވިއެވެ.

ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދުގެ ދައުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަތީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. މި ދަތުރުފުޅުގައި ޝްރިންގްލާއާއެކު ސަރުކާރުގެ އިސްވެރިން ބައްދަލު ކޮށް ގިނަ މަޝްވަރާތަކެއްް ކޮށްފައިވެ އެވެ.