ޓީޗަރުން

ތައުލީމުގެ އިސްލާހުތަކުން ކޮން ބަދަލެއް؟

ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސްކުރި ތައުލީމުގެ ބިލް މި ހަފްތާގައި ތަސްދީގު ކުރި އެވެ. އެ ގާނޫނުގައި ބުނާ ގޮތުން އުނގެނުމުގެ ހައްގު ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ކަށަވަރުކޮށްދީ މުދައްރިސުންގެ ހައްގުތައް ރައްކާތެރި ކޮށްދޭނެ ނިޒާމެއް ރާއްޖޭގައި ގާއިމު ވާނެ އެވެ. އަދި އިސްލާމީ އަގީދާ އާއި ތަރުބިއްޔަތު އުނގަންނައިދޭ އަދި އިސްލާމީ ޝަރީއަތާއި އަގީދާއާ ފުށުނާރާނެހެން އިންސާނީ ހައްގުތަކަށް އިހްތިރާމު ކުރުމަށާއި އާންމުކޮށް އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދޭ އެ ކަންކަމަށް ބާރުއަޅާ ތައުލީމީ ނިޒާމެއް ގާއިމު ކުރުމަކީ މި ގާނޫނު ހެދުމުގެ މަގުސަދު ކަމަށެވެ.

މި ގާނޫނަށް އަމަލުކުރާނީ އެންމެ އަވަހަށް ދިރާސީ އަހަރު ފެށޭ ތާރީހުގަ އެވެ. ކޮވިޑް އާ ގުޅިގެން ސްކޫލްތައް ބަންދު ކުރުމަށްފަހު އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފަށަނީ އޮގަސްޓުގަ އެވެ.

މި ބިލު ތަސްދީގު ކުރުމާ ގުޅިގެން ޓީޗަރަކު ބުންޏެވެ. އަހަރުމެންގެ އަސްލު ކަންބޮޑުވުންތަކެއް އަަދިވެސް ނުބެލެ އެވެ. އެ ވާހަކަތައް އަޑު އަހާނީ ކޮން ދުވަަހަކުން ހެއްޔެވެ. އޭނާ ދެކޭ ގޮތުގައި އަލަށް އަމަލު ކުރަން ފަށާ މި ގާނޫނުގައި އާ އެއް ކަމެއްވެސް ނެތެވެ.

އެ ގާނޫނުގައި ބުނާ ގޮތުން ބަދަލު ތަކެއް އައި ކަމަކު ގިނަ ކަންކަން ހުރީ މިހާރުވެސް އަމަލު ކުރަަމުން އަންނަ ގޮތަށެވެ. ތަފާތަކީ، އެ ކަންކަމަށް ގާނޫނީ ތަތްގަނޑު ޖެހުނީ އަދި ކިރިޔާ އެވެ. މީގެ އެތައް އަހަރެއް ވީ އިރު ވެސް ރާއްޖޭގައި ޕްރީ ސްކޫލުން ފެށިގެން ސާނަވީ ތައުލީމު ނިމެންދެން އައީ ދިވެހި އިސްލާމް ކިޔަވައިދެމުންނެވެ. އެއީ ޑްރޮޕް ނުކުރެވޭނެ ކޮމްޕަލްސަަރީ މާއްދާތަކެވެ. އާ ގާނޫނުގައި ބުނާ ގޮތުން، ރާއްޖޭގައި ޕްރީ ސްކޫލު ތައުލީމުން ފަށައިގެން މަތީ ސާނަވީ އަަށް ކިޔަވައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހި ދަރިވަރުންނަށް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު އަދި ދިވެހި ބަސް ކިޔަވައިދޭން ޖެހޭނެ އެވެ. އެކަން އެހެން އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.

އިސްލާމް ޓީޗިން ދާއިރާގައި 20 އަހަރު މަސައްކަތް ކޮށްފައިވާ ހާޝިމް ވިދާޅުވި ގޮތުގައި މީގެ ކުރިންވެސް މިހެން އަމަލު ކުރިޔަސް އެ ދެ މާއްދާއަކީ ސްކޫލުގައިވެސް މާ ބޮޑު އިސްކަމެއް ދީގެން ކުރިއަަށްގެންދާ މާއްދާތަކެއް ނޫނެވެެ. ހަމަ އެކަނި ނަމަކަށް އޮންނަ މާއްދާ އެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކަން ގައުމީ ޔުނިވާސިޓީގައި އިސްލާމިކް ޓީޗިން ކިޔަވައިދޭ ހާޝިމް ވިދާޅުވި އެވެ. އަދި، އާ ގާނޫނެއް އައިސް އެ ދެ މާއްދާ މަޖުބޫރު ކުރެވުމުން ތަފާތު ތަކެއް އަންނަން ޖެހޭ ކަމަށް އޭނާ ދެކެ އެވެ.

"އެހެން މާއްދާތަކަށް ދީފަ އޮންނަ ވަގުތަށްވުރެވެސް މަދު ވާނެ އިސްލާމް ދިވެހި ގަޑީގެ ވަގުުތު. އެހެންވީމަ އެއީ މަޖުބޫރު މާއްދާ އަކަށް ހެދީމަ އިނގިރޭސި އެކޭ އެއްގޮތަށް ހަމަ އެ ދެ މާއްދާ އަށްވެސް އިތުރު ވަގުތު ދެވެން ޖެހޭނެ ކަމަށް ގަބޫލު ކުރަނީ. އެކަހަލަ ކަންކަން ބަދަލު ކުރަން މިހާރު ލަސްވެސް ވެއްޖެ. ކިޔަވައިދިނުމުގައި ގެންގުޅޭ ތަފާތު ކުރުންތައް މިއީ"

އެ ގާނޫނުގައި އިތުރަަށް ބުނަނީ، ކޮންމެ ކުއްޖަކު ވެސް 18 އަހަރުވަންދެން ތައުލީމް ނުވަތަ ހުނަރު ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމާއި، ދިވެހި ދަރިވަރުންނެކޭ އެއްގޮތަށް ބޭރުގެ ދަރިވަރުންނަށް ވެސް ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔެވުމުގެ ހައްގު ހޯދައިދިނުމާއި ސަރުކާރުން ކަނޑައަޅާ ވަކި ސިޔާސަތެއްގެ ދަށުން ރާއްޖޭގައި އުޅޭ ބިދޭސީ ދަރިވަރުންނަށް ވެސް ހިލޭ ކިޔަވައިދެވޭނެ ގޮތް ހެދުން ކަމަށެވެ.

30 އަކަށް ސޮފްްހާގެ ދިގު ގާނޫނުން އެންމެ ބޮޑު ތަފާތެއް އަންނާނެ ކަމަށް ލަފާ ކުރެވެނީ ޓީޗަރުންނަށެވެ. ރާއްޖޭގެ ތައުލީމީ ދާއިރާގައި ލެކްޗަރާ އިންނާއި ޓީޗަރުންނާއި މުދައްރިސުންވެސް ކިޔަވައިދެމުން އައީ އެމީހުންނަށް ވަކި ހާއްސަ ލައިސަންސެއް ނެތި އެވެ. މި ގާނޫނާއެކު ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންނާއި އެ ނޫން ވެސް ތަނެއްގައި ކިޔަވައިދޭ ނަމަ އެ މީހެއްގެ އަތުގައި ކިޔަވައިދިނުމުގެ ލައިސަންސް އެއް އޮންނަން މަޖުބޫރެވެ.

ގާނޫނުގައި ބުނާ ގޮތުން، މި ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ މިނިސްޓަރު އައްޔަންކުރައްވާ ރަޖިސްޓްރާ އެކެވެ. އެމީހަކީ އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރައްވާ، ޑެޕިއުޓީ މިނިސްޓަރު ނުވަތަ އެއަށްވުރެ މަތީ މަގާމެއް އަދާކުރައްވާ ބޭފުޅަކަށް ވާންޖެހެ އެވެ. ރަޖިސްޓްރާގެ އިތުރުން ބޯޑުގައި ތިބެން ޖެހޭނީ އެޑިއުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާގެ ބޭފުޅަކާއި ކިޔަވައިދިނުމުގެ ދާއިރާގެ ފަރާތަކާއި ތައުލީމީ މަންހަޖު އެކުލަވަލައިލުމުގެ ދާއިރާގެ ފަރާތަކާއި ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިއުކޭޝަނަލް ސައިކޮލޮޖީގެ މީހެކެވެ.

ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަންގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ، އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަަމް ޝަރީފްް އުމަރު ވިދާޅުވި ގޮތުގައި އެ ގާނޫނުން އާ ކަމެއް އަދި އިތުރު ކުރި އެރުމެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ޓީޗަރުންގެ ލައިސަންސް ދޭ ޓީޗާސް ރެޖިސްޓްރޭޝަން ބޯޑަކީ މިނިވަން ތަނަކަށް ވާން ޖެހެ އެވެ.

"ބޯޑުގެ ރިޔާސަަތަށް އައްޔަން ކުރަަނީ މިނިސްޓަރު ބޭނުންފުޅުވާ މީހެއް. އެހެންްވީމަ އެ ބޯޑު ސިޔާސީ ނުވެ ދާނެ ކަމަކަށް ނުބެލެވޭ. މިނިވަން ތަނަކަށް ވާން ޖެހޭ" އާދަމް ޝަރީފު ވިދާޅުވި އެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިދުމަތުގައި ތިބި ޓީޗަރުން ދެ އަހަރު ދުވަހުގެ ތެރޭގައި ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހޭނެ އެވެ.

ޓީޗަރުންނަށް ލައިސަަންސް ދިނުމާ ގުޅޭ ގޮތުން ޓީޗިން ދާއިރާގެ އެހެން ބޭފުޅަކު ވިދާޅުވީ މިއީ ބޭރުގައުމުތަަކުގައިވެސް ކުރަމުން އަންނަ ކަމެއް ކަމުން މިކަމުގައި ގޯހެއް ނެތް ކަމަށެވެ. މިސާލެއް ދެއްވާ ވިދާޅުވީ، ލޯޔަރުންނާއި ޑޮކްޓަރުންވެސް ރާއްޖޭގައި އެމީހުން ކުރާ މަސައްކަތް ކުރާ އިރު ވަކި ލައިސަންސް އެއް އޮވެގެން އެކަން ކުރަންޏާ ޓީޗަރުންނަށްވެސް އެކަން މަޖުބޫރު ކުރުމުން ދާއިރާއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރަނގަޅު ތައުލީމީ މީހުން ދާއިރާއަށް ނިކުމެ ފެންވަރު ބެލެހެއްޓޭނެ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، މި ލައިސަންސް 10 އަަހަރުން ނޫނީ 15 އަހަރުން ނަމަވެސް އާ ކުރަން ޖެހޭނެ. އޭރުން ޓީޗަރުންގެ ކިޔަވައިދިނުމުގެ ފެންވަރަށްވެސް ބަދަލު ތަކެއް އައިސް ޒަމާނީ ވަސީލަތްތަކަށްވެސް ފަރިތަވާނެ. އަދި މި ލައިސެންސް ބިދޭސީ ޓީޗަރުންނަށް ދޭ ކަމުގައިވާނަމަވެސް ދިވެހިންނެކޭ އެއްގޮތަށް ތަފާތު ކުރުމެއް ނެތި އަމަލު ކުރެވެން ޖެހޭނެ. މީގައި ކަންބޮޑުވުން އޮތީ އެ ބޯޑަކީ މިނިވަން ތަނަކަށް ވުމާމެދު. ބޯޑު މެމްބަރުންގެ ނުފޫޒުން، މި ދާއިރާގައި މިހާރު ހުރި ކަންބޮޑުވުންތަކުގެ އިތުރަށް އާ ކަންބޮޑުވުމަކަށް މި ކަން [ލައިސަންސް ދިނުން] ވެގެން ނުވާނެ"

ގާނޫނުގައި އިތުރަށް މުހިއްމު ކަމެއް ގޮތުގައި ފާހަގަވަނީ ކިޔަވަައިދޭ ތަންތަނުގެ ފެންވަރު ބެލެހެއްޓުމެވެ. ބައެއް ޓީޗަރުން ދެކޭ ގޮތުގައި އެކަންކަމަކީ މިހާރުވެސް ގާނޫނެއް ނެތް ކަމުގައި ވިޔަސް ސަރުކާރުން ކުރަން ޖެހޭ ކަމެކެވެ. ހާއްސަކޮށް ޕްރައިވެޓް ސްކޫލްތަކުގެ ފެންވަރު ބެލެހެއްޓެން ޖެހޭނެ ކަމަށް ދެކެ އެވެ.

އާ ގާނޫނާ ގުޅިގެން ގިނަ ޓީޗަރުން ދެކޭ ގޮތުގައި، އަދިވެސް ދާއިރާގެ ކަންބޮޑުވުންތަކަށް ބެލެން ޖެހޭ ވަރަކަށް ނުބެލެ އެވެ. އަދި ތައުލީމީ އެކި ކަންކަަމުގައި ހުރި އުނދަގޫތައް ހައްލުވާނެ ދުވަހެއް ދެކެން ބޭނުންވެ އެވެ.