މާލޭގައި އިމާރާތަކުން ދުން އަރާތީ ސިފައިން ހަރަކާތްތެރިވެއްޖެ އެވެ.
ދުން އަރާފައިވަނީ މަޖީދީމަގުގައި ހުރި އިމާރާތަކުންނެވެ. އެއީ އެލް މޯބައިލް ފިހާރަ ހިންގަމުންދާ އިމާރާތެވެ.
އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ އިމާރާތުން ދުން އަރަމުންދާތީ ސިފައިން ހަރަކާތްތެރިވި ކަމަށެވެ. އާޒިމް ވިދާޅުވީ ދުން އެރީ އެ އިމާރާތުގައި ހުރި ކުނިތަކެއްގައި ރޯވެގެން ނެވެ. ސިފައިން ވަނީ ކުނިތަކުގައި ރޯވި އަލިފާން ނިއްވާލާފައެވެ. މި ހާދިސާގައި އިމާރާތަށް އަދި މީހަކަށްވެސް ގެއްލުމެއް ނުލިބެއެވެ.