ރާއްޖެއިން މެލޭޝިއާއަށް ދަތުރުކުރާ މީހުނަށް ކަރަންޓީނު ފީ އޮންލައިންކޮށް ދެއްކޭނެ ގޮތް އެ ގައުމުން ހަމަޖައްސައިދީފި އެވެ.
ދިވެހި ރާއްޖެއިން މޭލޭޝިއާގައި ގާއިމްކޮށްފައިވާ ހައި ކޮމިޝަނުން ބުނީ މެލޭޝިއާއަށް ދާ ދިވެހިން ކޮވިޑް-19 އިގެ ޓެސްޓަށާއި ކަރަންޓީނަށް ދައްކަން ޖެހޭ ފައިސާ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ދެއްކޭނެ އިންތިޒާމެއް މިހާރު އެ ގައުމުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
އަދި ބުނީ ދަތުރު ފެށުމުގެ ކުރިން ފައިސާ ދެއްކުމާއެކު މެލޭޝިއާއަށް ދެވުމުން އެއާޕޯޓްގެ އޮފިޝަލުންނަށް ފައިސާ ދައްކާފައިވާ ކަމުގެ ލިޔުން ހުށަހަޅަންޖެހޭނެ ކަމަށެވެ.
މި ގޮތަށް ހަމަޖައްސައި ދިން އިރު މެލޭޝިއާގައި ކަރަންޓީނު ފީ ބޮޑު ވެގެން މީގެ ކުރިން އެކަމުގައި އެހީތެރިކަން ހޯދަން ދިވެހި ދަރިވަރުން އެދުނެވެ.