ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމެރިކާ

އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު ދެނީ

ކޮވިޑުގެ ހާލަތުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި އެވެ.

އެ އެހީ ދޭން ނިންމާފައިވަނީ އެމެރިކާގެ ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވޮލޮޕްމަންޓް (ޔޫއެސްއެއިޑް) ޕްރޮގްރާމްގެ ދަށުންނެވެ.

އެހީ ދޭނެކަން އިއުލާންކުރީ ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރާ އެކު ޔޫއެސްއެއިޑުން ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެމެރިކާ އިން އެހީ ދެނީ ލެބޯޓަރީގެ ކެޕޭސިޓީ އިތުރަށް ވަރުގަދަ ކުރުމަށާއި އަދި ކޮވިޑު އިތުރަށް ފެތުރުން ހުއްޓުވުމަށާއި ކޮވިޑް މަރުތައް މަދުކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުންނެވެ.

އޭގެ އިތުރުން އެހީގެ ފައިސާއިން ރަށްރަށުގައި ހުރި ކޮވިޑް ފެސިލިޓީތަކުގެ އާބާތުރަތައް ފިލުވުމާއި ބައެއް ދިވެހިން ވެކްސިން ޖަހަން ފަސްޖެހޭ ސަބަބުތައް ދެނެގަނެ އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ހެލްތު ވޯކަރުންނަށް ޓްރެއިނިންތައް ހިންގާނެ އެވެ.

ކޮވިޑާ ގުޅިގެން މީގެ ކުރިން ވެސް އެމރިކާއިން ވަނީ ހަތް މިލިއިން ޑޮލަރުގެ އެހީ ދީފަ އެވެ. އޭގެ އިތުރުން 60 ވެންޓިލޭޓަރުވެސް ހަދިޔާ ކުރި އެވެ.