އެޗްއާރްސީއެމް

ލިބޭ ބަޖެޓުން ޒިންމާ އަދާ ކުރަން ދަތިވާނެ: އެޗްއާރުސީއެމް

Nov 14, 2020
4

އަންނަ އަހަރަށް ދޭ ބަޖެޓުން މުސާރަ އާއި ކުލި ދެއްކުމަށް ފަހު ޒިންމާ އަދާ ކުރެވޭވަރު ނުވާނެ ކަމަށް އެޗްއާރްސީއެމުން ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނީ މަޖިލީހުގެ ބަޖެޓު ކޮމެޓީގަ އެވެ. ބަޖެޓްގައި އަންނަ އަ ހަރަަށް އެޗްއާރުސީއެމަށް އޮތީ 24.9 މިލިއަން ރުފިޔާ އެވެ.

ކޮމިޝަންގެ މެމްބަރު މުއުމިނާ ވަހީދު ވިދާޅުވީ އެކޮމިޝަނުން ފުރަތަމަ އެކުލަވާލެއްވީ 39 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި ފަހުން ފިނޭންސް މިނިސްޓްރީގެ މަޝްވަރާއާއެކު 30 މިލިއަނަށް ކުޑަކުރި ކަމަށެވެ. ނަމަވެސް މަޖިލީހަށް ހުށަހެޅިއިރު ބަޖެޓް އޮތީ 24 މިލިއަން ރުފިޔާ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އެ ކޮމިޝަންގެ ގާނުނީ ޒިންމާ އަދާކުރެވޭ ވަރުގެ ބަޖެޓެއް ނޫން ކަމަށެވެ.

ކޮމިޝަނުން ބުނީ އޮފީސް ކުއްޔަށް މަހަކު 162 ހާސް ހޭދަވާ އިރު އައްޑޫގައި ހުންނަ ރީޖަނަރަލް އޮފީހަށާއި މާލޭގެ އިމާރާތަށް ބޮޑު އަދަދެއް ހޭދަވާ ކަމަށެވެ.

މިހާރު އެޗްއާރުސީއެމްއަށް ކަނޑައަޅައިފައިވާ ބަޖެޓުން ޖަލުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތުވެސް ދެނެ ގަތުމަށް ގޮންޖެހުންތައް ކުރިމަތިވާނެކަމަށް ވެސް ބުންޏެވެ. އެޗްއާރުސީއެމް ގައި 80 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރެ އެވެ.