ފޯކައިދޫ

ފޯކައިދޫ ބަނދަރުގެ އަޕްޑޭޓް ދީފި

Nov 15, 2020

ރަށު ބަނދަރު ތަރައްގީ ކުރަން ސަރުކާރުގައި އޮންނަ ޕްރޮގްރާމްގެ ތެރެއިން މިހާރު މަސައްކަތް ފަށާފައިވާ ށ. ފޯކައިދޫ ބަނދަރުގެ މަސައްކަތް ހިނގާގޮތް އެމްޓީސީސީން ކިޔައިދީފި އެވެ.

ފޯކައިދޫގެ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސަރުކާރައި ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުނި، އެމްޓީސީސީއާ އެވެ.

އެ ކުންފުނިން މިއަދު ބުނީ ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުން މިހާރު 12 ޕަސެންޓް ނިމިއްޖެ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ބަނދަރު ފުންކުރުމުގެ ބައިން ވެސް 20 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

ފޯކައިދޫގެ އެ މަސައްކަތް މޮބިލައިޒް ކުރީ ސެޕްޓެމްބަރު 17، 2020 ގައެވެ. އެމްޓީސީސީގެ މިފަދަ މަސައްކަތްތަކުގެ ތަފުސީލު ޓްވިޓާ މެދުވެރިކޮށް ޕަސެންޓޭޖުން އަޕްޑޭޓްކޮށްދޭތާ މިހާރު ދުވަސްތަކެއްވެފައިވެ އެވެ.