ދުނިޔެ

ލަފު ގިނަ ނަމަ ކެންސަރުގެ ފުރުސަތު ބޮޑު

Oct 19, 2015
1

ލަންޑަން (ބީބީސީ) - އެއް އަތުގައި 11 އަށް ށް ވުރެ ގިނަ ލަފު ހުރި ނަމަ، ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު އާންމު މީހަކަށްވުރެ އިތުރު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި މުޅި ހަށިގަނޑުގައި ޖުމްލަ 100 ލަފަށްވުރެ ގިނަ ނަމަ، ކެންސަރުގެ ފުރުސަތު ފަސް ގުނައަށް އިތުރުވެއެވެ.

ބްރިޓިޝް ޖާނަލް އޮފް ޑާމަޓޮލޮޖީގައި ޝާއިއު ކޮށްފައިވާ މި ދިރާސާ ކުރުމުގައި އެންމާބަނޑު 3000 މީހުންގެ އުލޫމާތު އަށް އަހަރު ދުވަހުގެ މުއްދަތުން އެއްކޮށްފައި ވެއެވެ. މި ދިރާސާއަކީ ހަމުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ މެލަނޯމާ ގެ ނުރައްކާ އެންމެ ބޮޑު ފަރާތްތައް ދެނެގަތުމަށް ރަނގަޅު ގޮތެއް ހޯދުނު ދިރާސާއެއް ކަމަށް އެ ފަރާތުން ދެކެއެވެ.

މި ބާވަތުގެ ކެންސަރު އިނގިރޭސި ވިލާތުގައި އެކަނިވެސް އަހަރަކު 13،000 މީހުންނަށް ޖެހެއެވެ.

ހަންގަނޑުގައި ހުންނަ ލަފަ އާއި ކެންސަރާ ކޮންމެވެސް ކަހަލަ ގުޅުމެއް ހުންނަ ކަމަށް މި ހޯދުމުން އެނގޭކަމަށް ދިރާސާ ކުރި ފަރާތުން ބުނެއެވެ. އަދި އެ ފަރާތުން ހާމަ ކުރި ގޮތުގައި، ހަށިގަނޑުގައި ހުރި އުމެއް ނުވަތަ ލަފެއްގައި އެއްވެސް ތަފާތު ކަމެއް ހުރި ކަމަށް ފާހަގަ ވާނަމަ، ނުވަތަ އަދަދު ގިނަނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ.