ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ހޯރަފުއްޓަށް ވަޑައިގަންނަވަނީ

ހއ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހޯރަފުއްޓަށް ވަޑައިގަންނަވާނެ އެވެ.

އެ މަނިކުފާނުގެ ހޯރަފުއްޓަށް ވަޑައިގަންވަނީ މިއަދު ހަވީރު އެވެ. މިއީ ކޮވިޑް-19 އިގެ ތެރޭގައި މީހުން ދިރިއުޅެ ރަށަކަށް ރައީސް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ގާތްގަނޑަކަށް 198 މިލިއަން ރުފިޔާއަށް ތަރައްގީ ކޮށްގެން ތަރައްގީކުރި ހޯރަފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ އިއްޔެ ހެނދުނު އެވެ.

މިދިޔަ ސަރުކާރުގައި ފެށި މި މަޝްރޫއުއާ މި ސަރުކާރުން ހަވާލުވެ މަސައްކަތުގައި އެއާޕޯޓް ޓާމިނަލް އަދި ފަޔާ ބިލްޑިން ތަރައްގީކޮށްފައި ވެއެވެ. އެ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަންއަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް ހިމެނެ އެވެ.