ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ހޯރަފުށީ ދަތުރުފުޅު ފަސްކޮށްފި

Nov 17, 2020
1

ހއ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުރައްވަން ހަމަޖައްސާފައި އޮތް ދަތުރުފުޅު ފަސް ކޮށްފި އެވެ.

ކޮވިޑް-19 އިގެ ތެރޭގައި މީހުން ދިރިއުޅެ ރަށަކަށް ރައީސް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅު ރާވާފައި އޮތީ މިއަދުގެ ހަވީރަށެވެ.

ނަމަވެސް، ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ގޯސްވެ، އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު، ހޯރަފުށި އެއާޕޯޓް ރަސްމީކޮށް ހުޅުވުން، މޫސުން ތަން ނުދިނުމުގެ ސަބަބުން ލަސް ކުރެވިފައިކަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގާތްގަނޑަކަށް 198 މިލިއަން ރުފިޔާއަށް ތަރައްގީ ކޮށްގެން ތަރައްގީކުރި ހޯރަފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ އިއްޔެ ހެނދުނު އެވެ.

މިދިޔަ ސަރުކާރުގައި ފެށި މި މަޝްރޫއުއާ މި ސަރުކާރުން ހަވާލުވެ މަސައްކަތުގައި އެއާޕޯޓް ޓާމިނަލް އަދި ފަޔާ ބިލްޑިން ތަރައްގީކޮށްފައި ވެއެވެ. އެ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަންއަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް ހިމެނެ އެވެ.