ހަބަރު

ހިޔާ ފްލެޓްތަކުގެ ސަޕޯޓް ފެސިލިޓީ ގާއިމް ކުރާނެ ބަޔަކު ހޯދަނީ

Nov 17, 2020
2

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި، "ހިޔާ ފްލެޓް" އަށް ބޭނުން ވާނެ ސަޕޯޓް ފެސިލިޓީ ގާއިމް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ގޮތުގައި ދެވަނަ ފިޔަވަހީގައި ހަދާފައިވާ "ހިޔާ" ފްލެޓުގެ އިމާރާތް ތަކަށް ބޭނުން ވާނެ ސަޕޯޓް ފެސިޓީ ގާއިމް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. ސަޕޯޓް ފެސިލިޓީގެ ގޮތުގައި މި ފްލެޓަށް ވަންނަ މީހުންނަށް ބޭނުންވާނެ ބައެއް މުނިސަޕް ހިދުމަތްތާއި ޑޭކެއާ ސެންޓަރު ފަދަ ތަންނެވެ.

ހިޔާ ފްލެޓު މަޝްރޫއުގެ ދަށުން 7،000 ފްލެޓެއް އަޅާފައިވެ އެވެ. ފަންސަވީސް ބުރީގެ ހަތަރު އިމާރާތަށް ވާގޮތަށް ހަދާފައިވާ މި ފްލެޓުތަކުގެ ކޮންމެ އިމާރާތަކުންވެސް ވަކި ބައެއް ސަޕޯޓް ސާވިސްތަކަށް ހާއްސަކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ފްލެޓުގެ މަސައްކަތް ކުރަމުން ގެންދަނީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިންނެވެ. ޗައިނާ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ، އެޕާޓްމަންޓެއް 62،000 ޑޮލަރު (954,800 ރުފިޔާ) ގެ ރޭޓުން 434 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.6 ބިލިއަން ރުފިޔާ) އަށެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެއެވެ. މި މަޝްރޫއު އަށް ކުރީގެ ޗައިނާގެ އެގްޒިމް ބޭންކުން 434 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެ އެވެ މި ލޯނު ހޯދާފައި ވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ