ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް މުލްހާ އަލީ ވަކިކުރުމާމެދު ގޮތް ނިންމަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.
ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަނުން ބޭއްވި ބައްދަލްވުމެއްގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް މުލްހާ އަލީ ވަކިކުރުމާމެދު ގޮތް ނިންމަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމާ އެ ހުށައެޅުން މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
މުލްހާ އާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ ދިފާއީ ވަކީލުންނާއެކު ވަކިން ބައްދަލުކުރުމާއި ގާތް ގުޅުން ބާއްވާ ކަމަށާ ދިފާއީ ވަކީލުންގެ ގޮތުގައި ހިމެނޭ ވަކީލުން މުލްހާ ދިރިއުޅޭ ގެއަށް ގޮސް އޭނާއާ ބައްދަލް ކުރުމާއި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އޭނާގެ ކޮއްކޮ ހައްޔަރުުކުރި މައްސަލައެއްގައި ހެކި ނައްތާލާ ހެއްކަށް ނުފޫޒު ފޯރުވާ ތަހުގީގަށް ހުރަސް އެޅުމަށް މަސައްކަތް ކުރި މައްސަލައެކެވެ. އަދި އޭނާގެ ކޮއްކޮގެ ބަންދުގެ މަޖިލީސް ކުރިއަށް ދިޔަ ކޯޓްގެ މުވައްޒިފުންނަށް ގުޅައިގެން ނުފޫޒު ފޯރުވި މައްސަލައެއްވެސް ޖޭއެސްސީން ވަނީ ބަލާފައެވެ.