ހަބަރު

ދަ ހެމާއިން ބަރުދަން ލުއިކޮށްގެން ބައިލައްކަ ރުފިޔާ

Nov 18, 2020
2

ދަ ހެމާ ޖިމުން ބަރުދަން ލުއިކޮށްގެން 50،000ރ. ގެ ފައިސާގެ އިނާމެއް، ލިބޭ ޕްރޮގްރާމެއް ފަށަން ތައްޔާރު ވެއްޖެ އެވެ.

ދަ ހެމާ ޖިމާ އިން "ލޫސް ޓު ވިން" ގެ ނަމުގައި ޕްރޮމޯޝަނެއްގެ ގޮތުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ހިލޭ ބައިވެރިވޭނެ އެވެ. އަދި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަ އަށް އޮންނާނެ އެވެ. މި ޕްރޮގްރާމް ކުރި އަށް ދާނީ އަންނަ އަހަރުގެ މާޗް 10 ވަނަ ދުވަހާ ހަމައަށެވެ. މި މުއްދަތުގައި އިނާމު ލިބޭނީ އެންމެ ބޮޑަށް ބަރުދަން ލުއި ކުރާ ފަރާތް ތަކަށެވެ.

ބޮޑީ ޓްރާންސްފޯމް ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށްދާ މި ޕްރޮގްރާމުގެ ޖުމްލަ އިނާމުގެ އަގަކީ ބައިލައްކަ ރުފިޔާ އެވެ. އެއް ވަނަ އިނާމުގެ ގޮތުގައި ދޭ "ގްރޭޑް ޕްރައިޒް" އަށް 30،000ރ. ދޭނެ އެވެ. މި އިނާމު ލިބޭނީ އަންނަ މަހުގެ 10 އަކުން ފެށިގެން މާޗް 10 ގެ ނިޔަލަށް އެންމެ ބޮޑަށް ބަރުދަން ލުއި ކުރާ ފަރާތަކަށެވެ. އަދި ދެވަނަ އަށް 15،000ރ. އަށް އަދި ތިންވަނައަށް 5،000ރ. ގެ އިނާމެއް ދޭނެ އެވެ.

ދެ ޖިންސުގެ މީހުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭ، މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އެ ޖިމްގެ އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުންނެވެ.

ދަ ހެމާއިން ބުނީ މިއީ ހަމައެކަނި ބަރުދަން ލުއިކޮށްލުމުގެ ޕްރޮގްރާމްއަކަށްވުރެ ބޮޑަށް ސިއްހީ ދުޅަހެޔޮކޮށް، ރީތިކޮށް ހަށިގަނޑު ބައްޓަން ކޮށްލަން ލިބޭ ފުރުސަތެއް ކަމަށާ، މި ޕްރޮގްރާމުގައި ވީހާގިނަ މީހުން ބައިވެރިވުން މުހިންމު ކަމަށެވެ.