ވިންޑް ސާފް ބޯޑެއްގައި ލ. މާމެންދޫން އެ އަތޮޅު ހިތަދުއަށް ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ވިންޑް ސާފް ބޯޑެއްގައި މާމެންދޫން ހިތަދުއަށް ދަތުރުކުރި ދެ ދިވެހިން ގެއްލިގެން މިއަދު 11:30 ގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ހޯދަން ކޯސްޓްގާޑުން ހަރަކާތްތެރި ވަމުން ދަނިކޮށް ވަނީ ފެނިފަ އެވެ.
މި ދުވަސްވަރު މުޅި ރާއްޖެއަށް ވިއްސާރަ ކުރާތީ ކަނޑު ދަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.