ގދ. ތިނަދޫ

ތިނަދޫގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި

ގދ. ތިނަދޫގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތް ކޮށްފި އެވެ.

ފުލުހުން ބުނީ ތިނަދޫގައި މީހަކު ރަހީނުކޮށްފައިވާ މައްސަލައެއް މިއަދު ހަވީރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި ރަހީނުކޮށްފައިވާ މީހާ ވަނީ ސަލާމަތްކޮށްފައެވެ.

އަދި އެ މީހާ ރަހީނުކުރި ކަމުގެ ތުހުމަތަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 45 އަހަރުގެ މީހަކާއި 52 އަހަރު މީހެކެވެ. މިއީ ދިވެހި ފިރިހެނުންނެވެ.