ވިޔަފާރި

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް: ބޫސްޓާ އެކްޓިވޭޓްކޮށްގެން އިތުރު ޑޭޓާ

Nov 18, 2020
1

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓު ބޫސްޓާއެއް ނެގުމުން ދެ ގުނަ އަށް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ "ހޯމް ފިކްސްޑް ބްރޯޑްބޭންޑް" ކަސްޓަމަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓާތަކުގެ ޑޭޓާ ދެގުނަ އިތުރު ލިބޭ މި ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. ބޫސްޓާއަކީ ޕެކޭޖު ހުސްވެއްޖެ ހިނދެއްގައި ވަކިން ނެގޭ ގޮތަށް އޮންނަ ޕެކޭޖެކެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ ފަސޭހަކަމާއެކު، ދިރާގު މޯބައިލް އެޕް ނުވަތަ އެ ކުންފުނީގެ ވެބްސައިޓުގައިވާ "މައި އެކައުންޓް" އަށް ލޮގިން ކޮށްގެން ނެގޭނެ އެވެ،

ދިރާގު ހޯމް ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ރާއްޖޭގެ ބޮޑު ބަޔަކަށް ދެމުން ގެންދެ އެވެ. މި ހިދުމަތް މިހާރު ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް ފޯރުކޮށްދެ އެވެ.